ދިވެހިރާއްޖެ
އިޢުލާން
" ކަރަންޓް ކޭބަލް އެޅުމަށްޓަކައި ކޯރު ކޮނުން "
ސްޓޭޖު ސަރަހައްދުގެ އުތުރުފާރުގައި ހަރުކޮއްފައިވާ ކަރަންޓްފޮށިން ފުޓްސަލް ދަނޑުގެ ހުޅަނގުފާރަށް ކަރަންޓް އެޅުންމަށްޓަކައި ތިރީގައި މިދަންނަވާ މަޢުލޫމާތާއި އެއްގޮތަށް ކޯރެއް ކޮނެދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާގޮތަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު |
ފުޓްސަލް ދަނޑަށް ކަރަންޓުލުމަށްޓަކައި 2 ފޫޓް ފުން އަދި 166 ފޫޓް ދިގު ކޯރެއް ކޮނެ، ކައުންސިލުން ކޭބަލް ދިނުމުން ކޭބަލް ވަޅުލުން (ކަރަންޓް ކޭބަލް ފުޓްސަލް ދަނޑުގެ އެތެރެއަށް ކައުންސިލުން އަންގާހިސާބަށް ގެންދަންވާނެއެވެ) މުއްދަތު: 1 ދުވަސް ( 24 ގަޑިއިރު ) |
ކޯޓޭޝަން ހުށަހެޅުން |
ކޯޓޭޝަންތަށް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 17 އޯގަސްޓް 2025 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މުލަކަތޮޅު މުލީ ކައުންސިލް އިދާރާގެ މީޓިން ހޯލްގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ އެއްވެސް ކޯޓޭޝަންއެއް ބަލައެއް ނުގަނެވޭނެއެވެ. |
ކޯޓޭޝަން ހުށަހެޅުމަށް ވަޑައިގެނެވެންނެތް ފަރާތްތަކުން ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، އެކަން
އަންގައިދޭ ލިޔުމަކާއި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ އައިޑީ ކާޑު ކޮޕީ ގެންނަންވާނެއެވެ.