ފ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ހޮސްޕިޓަލްގައި ކުރަންހުރި ބައެއް މަރާމާތު މަސައްކަތް ކުރުމާއި ގުޅޭ

ހޮސްޕިޓަލްގައި ކުރަންހުރި ބައެއް މަރާމާތު މަސައްކަތް ކުރުމާއި ގުޅޭ.

މިހޮސްޕިޓަލްގެ އެކި ސަރަހައްދުތަކުގައި ކުރަންހުރި މަރާމާތު މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާތީ، އެކަމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

  1. މި ބީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު، 2025 އޮގަސްޓް 18 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން ހޮސްޕިޓަލަށް ހުށަހަޅަން ޖެހޭނެއެވެ. "ރަޖިސްޓްރޭޝަން ފޯމް" ގެޒެޓް ކުރެވިފައިވާނެއެވެ. މި ބީލަމުގައި ބައިވެރިވެވޭނީ ބީލަން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. (މެއިލް ކުރާނީ  [email protected]ށެވެ.)
  2. ބީލަން ބަލައިގަތުމާއި ހުޅުވުން އޮންނާނީ 2025 އޮގަސްޓް 20 ވާ ބުދަ ދުވަހުގެ 13:00 ގައި މި އިދާރާގައެވެ. ބީލަން ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި " ހޮސްޕިޓަލްގައި ކުރަންހުރި މަރާމާތު މަސައްކަތާއި ގުޅޭ" މިހެން ލިޔެފައި އޮންނަންވާނެއެވެ.
  3. ހުށަހަޅާ ބީލަންތައް ވަޒަންކުރާނޭ މިންގަނޑާއި ބީލާމާއިއެކު ހުށަހަޅަންޖެހޭ ތަކެތީގެ ތަފްޞީލާއި، ބީލަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކުގެ އިތުރުން މިބީލަމާގުޅޭ މަޢުލޫމާތުތައް މި އިޢުލާނާއެކުގައިވާ މަޢުލޫމާތު ކަރުދާހުގައި ހިމަނާފައި ވާނެއެވެ. މަޢުލޫމާތު ކަރުދާސް ގެޒެޓް ލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.
  4. މި ބީލަމާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ/ 9776222  6740086 އަށް ގުޅުއްވުން އެދެމެވެ.
12 އޮގަސްޓް 2025
ހޯދާ