ދިވެހިރާއްޖެ
ދިރިއުޅުމަށްޓަކައި މި ރަށުން ގޯތި ދޫކުރުމާއިބެހޭ
ދިރި އުޅުމަށްޓަކައި މިރަށުން ބަންޑާރަގޯތި ދޫކުރުމަށް މި ކައުންސިލުން ކުރި ނަންބަރު : (IUL)356/356/2025/64 ( 23 ޖުލައި 2025 ) އިޢުލާނާ ގުޅިގެން ގޯތިލިބުމަށްއެދި ހުށަހަޅާ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތީގެ ތެރޭގައި ހިމެނޭ ގޯއްޗަށް އެދޭ ފަރާތާއި ،ގޯއްޗަށްއެދޭ ފަރާތުގެ އަނބިމީހާ ނުވަތަ ފިރިމީހާގެ މައިންބަފައިންގެ ގޯތީގެ ރަޖިސްޓްރީގެ ކޮޕީ ހޯދުމުގައި ދަތި ތަކެއް ހުރުމުން އެކަމުގެ ޝަކުވާ ޢާއްމުންގެ ފަރާތުން މި ކައުންސިލަށް ލިބެމުންދާތީ ރަޖިސްޓްރީ ލިބުމުގައި ދަތިކަން ހުރި ފަރާތް ތަކުން ތިރީގައިވާ މަޢުލޫމާތު ހިމެނޭހެން ސިޓީއަކާއެކު ހުށަހެޅުމުން ގޯއްޗަށްއެދޭ ފޯމް ބަލައިގަތުމަށް މިކައުންސިލުންވަނީ ނިންމާފައެވެ. މި ސިޓީ ހުށަހަޅަން ޖެހޭނީ ގޯތީގެ ރަޖިސްޓްރީ ލިބުމުގައި ދަތިކަންހުރި ފަރާތްތައް އެކަންޏެވެ. މި ފަދަ ދަތިކަމެއް ނެތް ފަރާތްތަކުން ހުށަހަޅަން ޖެހޭނީ ގޯތީގެ ރަޖިސްޓްރީގެ ކޮޕީ އެވެ.
ސިޓީގައި ހިމަނަންޖެހޭ މަޢުލޫމާތު
ގޯއްޗަށް އެދޭ ފަރާތާއި ،ގޯއްޗަށްއެދޭ ފަރާތުގެ އަނބިމީހާ ނުވަތަ ފިރިމީހާގެ މައިން ބަފައިންގެތެރެއިން ގޯތި ލިބިފައިވާ ފަރާތުގެ ނަމާއި،ދާއިމީ އެޑްރެސް އަދި ލިބިފައިވާ ގޯތީގެ ނަމާއި އެގޯތި އޮތް ރަށާއި އަތޮޅުގެ ނަން އަދި ރަޖިސްޓްރީގެ ކޮޕީ ހުށަނޭޅުނު ސަބަބު
މިހެންވެމިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
17ޞަފަރު 1447