ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަގުތީ އިމާމް، ނުވަތަ މުދިމަކު ނެގުމާއި ބެހޭ

މަސްޖިދުލް އަބްރާރި މިސްކިތުގެ އިމާމް ރިޓެއަރ ކުރެއްވުމާއި ގުޅިގެން އެމިސްކިތަށް ދާއިމީ އިމާމަކު ހަމަޖެހެންދެން ވަގުތީ ގޮތުން، އިމާމުގެ މަސްޢޫލިއްޔަތު އަދާކުރާނެ އިމާމް، ނުވަތަ މުދިމަކު މިކައުންސިލަށް ބޭނުން ވެއްޖެއެވެ.

މަގާމް

އިމާމު، މުދިމު

ބޭނުންވާ އަދަދު

1

މުއްދަތު

12 މަސްދުވަސް

މަގާމުގެ ގިންތި

ވޭޖް އެމްޕްލޮއިމަންޓް

މަގާމު އޮތް އޮފީސް

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒު / ގއ.ދާންދޫ ކައުންސިލް އިދާރާ

ވަޒީފާއަދާކުރަންޖެހޭ ތަން

މަސްޖިދުލް އަބްރާރީ

މަގާމުގެ ރޭންކް، ގުވާލަކު މަސައްކަތް ކުރަންޖެހޭ ގަޑީގެ އަދަދު އަދި މަސައްކަތްކުރާ ގަޑިއިރަކަށްޖެހޭ ފައިސާގެ އަދަދު

މަގާމް

ވަޒީފާގެ ޝަރުތު

ރޭންކް

ދުވާލަކު މަސައްކަތް ކުރަންޖެހޭ ގަޑީގެ އަދަދު

މަސައްކަތްކުރާ ގަޑިއަކަށް

އިމާމު

ސަނަދު އިންނަ މީހަކަށް

GS3

5 ގަޑިއިރު

61.00ރުފިޔާ

މުދިމު

 

 

 

ސަނަދު ނެތް މީހަކަށް

GS1

5 ގަޑިއިރު

53.00 ރުފިޔާ

 

 

 މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

 

 

 

 

1-        ފަރުޟު ފަސްނަމާދު، ކޮންމެ ނަމާދު ވަގުތެއްގެ 15 މިނިޓް އިރުގެ ކުރިން މިސްކިތަށް ހާޒިރުވެ މިސްކިތުގެ ކަންތައްތައް ބަލައި ރަނގަޅު ކުރަންޖެހޭ ކަންތައްތައް ރަނގަޅުކުރުމާއި، ފަރުޟު ފަސްނަމާދުގެވަގުތަށް ބަންގި ގޮވުމާއި، އިމާމުވެ ޖަމާޢަތުގައި ނަމާދުކުރުން.

2-        މިސްކިތު މަސައްކަތު މީހުންލައްވައި އެމީހުން ކުރަންޖެހޭ މަސައްކަތް ކުރުވުން

3-        މިސްކިތަށް ލިބޭ ގެއްލުންތަކާއި، ދަތިވާ ކަންކަން ކައުންސިލްގެ އިދާރާއަށް ހުށަހަޅައި އެކަންކަން ރަނގަޅުކުރުމަށް މަސައްކަތް ކުރުން.

4-        ކައުންސިލްގެ އިދާރާއިން އަންގާ އެންގުމުގެމަތިން ދާންދޫގެ މިސްކިއްތަކުގައި ބަންގިގޮވުމާއި، އިމާމްވެ ނަމާދުކުރުން.

5-        ކައުންސިލް އިދާރާއިން އަންގައިފި ކޮންމެހިދެއްގައި އެކަމެއްގެ ޙާލަތުގައި އިމާމް ކޭތަނަމާދާއި ކަށުނަމާދު ކުރުން.

6-        މިސްކިތުގެ ސައުންޑު ސިސްޓަމް ބެލެހެއްޓުމާއި ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަން ރަށުކައުންސިލްގެ އިދާރާއަށް އެންގުން.

7-        މިސްކިތު މަސައްކަތު މީހުން ހާޒިރުނުވާ ވަގުތުތަކުގައި މިސްކިތުގެ ފަންކާތަކާއި ބޮކިތައް ދިއްލުމާއި ނަމާދުކޮށް ނިމިގެން ދަމުން ބޮކި، ފަންކާ، އޭސީ، ހޮޅިބުރި ނިއްވައި ދޮރުފަތް ލެއްޕުން.

މަގާމުގެ ޝަރުޠު:

  1. އިމާމް ކަމުގެ ސެޓްފިކެޓް ލިބިފައިވުން، ނުވަތަ؛
  2. މުދިމްކަމުގެ ސަނަދު ލިބިފައިވުން، ނުވަތަ؛
  3. ހުކުރު ކުރުމުގެ ސަނަދު ލިބިފައިވުން، ނުވަތަ؛
  4. ދީނީ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 އަށްވުރެ މަތީ ސަނަދެއް ލިބިފައިވުން، ނުވަތަ؛ 

ބަންގި ގޮވައި، އިމާމުވެ ނަމާދުކުރަންއެނގޭތޯ ބެލުމަށް ދެވޭ އިމްތިޙާނަކުން ފާސްވުން. (މި ޝަރުޠު ހަމަވޭތޯ ބަލާނީ މަޤާމަށް ޝައުޤުވެރިކަން ފާޅުކޮށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަތީގައި ބަޔާންކޮށްފައިވާ އެއްވެސް ސަނަދެއް ލިބިފައި ނުވާ ފަރާތްތަކަށެވެ.)

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކުރައްވާފައިވާ ފަޒީފާއަށް އެދޭ ފޯމް ނުވަތަ އެދިވަޑައިގަންނަވާ ސިޓީ.
  2. ވަޒީފާއަށްއެދޭ ފަރާތުގެ މައުލޫމާތު ( ގުޅޭނެ ފޯނުނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ އދި ލިޔެފައިވާ ލިޔުންތައް ކިޔަންއެގޭ ފަދަ ކޮޕީއެއް.
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާއަކުން ދޫކޮށްފައިވާ  އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓް ތަޖުގެ ކޮޕީ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު ދާންދޫ ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  20 އޮގަސްޓް 2025 ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ގއ.ދާންދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ފޯމު ބާޠިލުކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6820026 ނަންބަރު ފޯނާއިއެވެ. ހޮޓްލައިން ނަންބަރ 7330026 އަދި އީމެއިލް އެޑްރެހަކީ [email protected]  އެވެ.

 

މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

11 އޮގަސްޓް 2025
ހޯދާ