ދިވެހިރާއްޖެ
އދ. މަންދޫ ބަނދަރުގެ ޕޭވްމެންޓު މައްޗަށް ބޮޑެތި މުދާ އުފުލާ އުޅަނދާއި، ބަރު ވެހިކަލް އެރުވުމުގެ ސަބަބުން ޕޭވްމަންޓަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެކަމަށް ފެންނާތީ، ބަނދަރުގެ ޕޭމަންޓަށް މުދާއުފުލާ 4 ފުރޮޅުލީ، ވެހިކަލްއާއި، ހެވީވެހިކަލް އަދި އިންޖީން، މެޝިނަރީ ފަދަ ބަރު ތަކެތި އަރުވާ ބޭލުމުގައި ބަނދަރުގައި އެފަދަ ތެކެތި އަރުވާ ބޭލުމަށް ޚާއްޞަކުރެވިފައިވާ ތަން ރޭމްޕް ބޭނުންކުރުމަށް ދަންނަވަމެވެ. ބަނދަރު ރޭމްޕް ބޭނުންކޮށްގެން މިދެންވިފަދަ ވެހިކަލްއެއް ނުވަތަ އިންޖީން، މެޝިނަރީ ފަދަ އެއްވެސް އެއްޗެއް ރަށަށްބާލަން، ނުވަތަ އަރުވަން އުނދަގޫ ހާލަތެއް މެދުވެރި ވެއްޖެ ނަމަ ބަނދަރުގެ ޕޭމްނަޓް ބޭނުންކޮށްގެން އެފަދަ އެއްޗެއް ދޯންޏަށް އަރުވަން، ބާލަން، ކައުންސިލަށް ހުށަހަޅައިގެން ކައުންސިލުން އަނގާގޮތަށް ޢަމަލުކުރުމަށް ދަންނަވަމެވެ. އަދި ބަނދަރުގެ ޕޭމަންޓް މަތީގައި ނުވަތަ ރޭމްޕް މަތީގައި އެއްވެސް ބާވަތެއްގެ މުދަލެއް ޖައްސާފައި ނުބެހެއްޓެވުމަށް ދަންނަވަމެވެ.