މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (ކައުންސިލު އޮފިސަރ)

މަޤާމް

ކައުންސިލް އޮފިސަރ

މަޤާމުގެ ނަންބަރު

J-391155

ބޭނުންވާ ޢަދަދު

1 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެމް.އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން

ސީނިއަރ އޮފިސަރ ގުރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން

މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލްގެ އިދާރާ

މުސާރަ

-/5610 ރުފިޔާ (މަހަކު)

ސަރވިސް އެލަވަންސް

-/2000 ރުފިޔާ (މަހަކު)

އެހެނިހެން އެލަވަންސް

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
  4. ސަޕޯޓިން ކޯ މަހަކު 700.00 (ހަތް ސަތޭކަ) ރުފިޔާ
  5. ސްޕެޝިއަލް ޑިޔުޓީ އެލަވަންސް - މުސާރައިގެ %35

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި ކުރަންޖެހޭ މަސައްކަތްކުރުން.
  2. ޙަވާލުކުރެވޭ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.
  3. ޕްރޮކިއުމަންޓް އޮފިސަރގެ މަސްޢޫލިއްޔަތު އަދާކުރުން.
  4. ދައުލަތުގެ މާލިއްޔަތު ގަވާއިދުގައިވާ ގޮތުގެ މަތިން ކޮންމެ އަހަރެއް ފެށޭއިރު އަދި އަހަރުގެ މެދުތެރޭ  އިދާރާއަށް ބޭނުންވާ ތަކެއްޗާއި ޚިދުމަތްތައް ސެކްޝަންތަކުން ހޯދައި ސުޕަވައިޒަރުގެ ލަފާގެ މަތިން ޕްރޮކިއުމަންޓް ޕްލޭން އެކުލަވައިލުން.
  5. ކައުންސިލް އިދާރާއަށް އަދި ކައުންސިލް އިދާރާގެ ބެލުމުގައިވާ ތަންތަނަށް ބޭނުންވާ މުދަލާއި ޚިދުމަތް ހޯދުމަށްޓަކައި ދަޢުލަތު މާލިއްޔަތު ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ޕަރޗޭސް ރިކުއެސްޓް ލިބުމުން ޕަރޗޭސް އޯޑަރ އާއި އެގްރިމެންޓް ހެދުމަށްފަހު އެ ތަކެތި/ޚިދުމަތް ހޯދާ ސްޓޮކަށް ހޯދޭ ތަކެތިނަމަ، ސްޓޮކް ބަލަހައްޓާ މުވައްޒަފާއި ހަވާލުކުރުން. ހަރުމުދަލެއްނަމަ ހަރުމުދަލުގެ ރަޖިސްޓްރީއަށް އެރުވުން.
  6. ކައުންސިލުން ކުރުވަން ބޭނުންވާ މަސައްކަތްތަކާއި އިޢުލާންތަކާއި ގުޅިގެން ދޭންޖެހޭ މައުލޫމާތު ބައްދަލުވުންތައް ބޭއްވުމާއި، ހުށަހަޅާ އެސްޓިމޭޓްތައް ބަލައިގަތުމާއި، ކައުންސިލުން ކުރާ އިޢުލާންތަކާއި ގުޅިގެން ލިބޭ އެސްޓިމޭޓްތައް އިވެލުއޭޓްކުރުމާއި އަދި އެކަމާއި ގުޅުންހުރި މަސައްކަތް ސްޕަވައިޒަރުގެ ލަފާގެ މަތިން ކުރުން.
  7. ކައުންސިލަށް ހުށަހެޅޭ ބީލަންތައް އިވެލުއޭޓުކުރުމަށް ބިޑްކޮމެޓީއަށް ހުށަހަޅައި އެކޮމެޓީގެ އެންމެހާ އިދާރީ މަސައްކަތްތައް ޒިންމާދާރުކަމާއެކު ކުރުން
  8. ކައުންސިލް  އިން ތަކެތި ދީގެން ހިނގާ ޕްރޮޖެކްޓްތަކަށް ބޭނުންވާ ތަކެއްޗަށް/ޚިދުމަތަށް ރިކުއެސްޓް ލިބުމުން ދުރާލާ އެތަކެތި ހޯދާ ޙަވާލުކުރުން.
  9. ކައުންސިލުން އަލަށް ކުއްޔަށް ދޫކުރާ ބިންބިމާއި ތަންތަން އަދި ކުއްޔައް ދޫކުރެވިފައިވާ ބިންތަކާއި އިމާރާތްތަކުގެ ކުލީ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން އަލުން ބިޑަށް ހުޅުވާލުމަށް ކުރަންޖެހޭ މަސައްކަތް ކުރުން
  10. ކައުންސިލުން އާންމުކޮށް ހުޅުވާލާ ބިޑްތަކަށް ބޭނުންވާ ބިޑާއި ގުޅޭ ލިޔުންތައް ތައްޔާރުކުރުމާއި މުދަލާއި ޚިދުމަތް ހޯދުމަށް ބިޑްކުރުމާއި އެގްރިމެންޓް ހެދުން
  11. ޕްރޮކިއުމަންޓާ ގުޅިގެން އަންނަ އިންވޮއިސްތަކުގެ ޑޮކިއުމަންޓް ހަމަކޮށް، ފައިސާ ދެއްކުމަށްޓަކައި ފައިނޭންސް ޔުނިޓަށް ފޮނުވުން.
  12. ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި ކައުންސިލުން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް ކައުންސިލްގެ ހަރުމުދަލުގެ ރެޖިސްޓްރީ އަޕްޑޭޓުކޮށް ބެލެހެއްޓުން އަދި ހިލޭ އެހީގެ ގޮތުގައި ލިބޭ ހަރުމުދާ އެސެޓް ރެޖިސްޓްރީން އަޕްޑޭޓު ކުރުމާގުޅޭ އެންމެހާ މަސައްކަތްތައް ކުރުން އަދި ކޮންމެ އަހަރެއް ނިމުމުން ސުޕަވައިޒަރުގެ ލަފާގެ މަތިން ރިޕޯޓް ތައްޔާރުކޮށް ފައިނޭންސް ޔުނިޓަށް ޙަވާލުކުރުން. 
  13. ނީލަންކިޔަންޖެހޭ ތަކެތި ނީލަން ކިއުމާއި، ލަނގުވާ ތަކެއްޗާ ގުޅޭ ކަންކަން ކުރުން.
    1. މަދުވެގެން އަހަރަކު އެއްފަހަރު ހަރުމުދާ އެއްކޮށް ގުނައި ޝީޓެއްގައި ސޮއިކުރުން.
    2. ޕްރޮކިއުމަންޓް ޔުނިޓްއިން ހޯދާ ތަކެއްޗާއި ހިދުމަތްތަކާއި ގުޅުންހުރި އެންމެހާ ލިޔެކިޔުންތައް ރައްކާތެރިކަމާއިއެކު ބެލެހެއްޓުން.
    3. އޮފީހަށް ބޭނުންވާ ތަކެއްޗާއި  ހިދުމަތްތައް ހޯދުމަށް ކުރަންޖެހޭ އިއުލާންތަކާއި އެ އިއުލާންތަކާއި ގުޅުންހުރި އެންމެހާ މަސައްކަތްތައް ބެލެހެއްޓުން.
    4. އޮފީހުގެ މުވައްޒަފުންގެ ދަތުރުތަކުގެ ޓިކެޓު ބުކިންގ ހަމަޖެއްސުމާއި އަދި މިފަދަ ދަތުރުތަކާ ގުޅުން ހުރި އެހެނިހެން މަސައްކަތް   ކުރުން.

 

މަޤާމްގެ ޝަރުޠު

  1. މަޤާމުގެ މަސައްކަތާއިގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 5 ނުވަތަ 6 ގެ ސަނަދެއް ޙާސިލްކޮށްފައިވުން.

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް /  ޕްރިފަރޑް ޑިސިޕްލިންތައް:

 

އެޑްމިނިސްޓްރޭޝަން، ކޮމިޔުނިޓީ ޑިވެލޮޕްމަންޓް، މެނޭޖްމަންޓް، ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް، ޕަބްލިކް މެނޭޖުމަންޓު، ހިއުމަން ރިސޯސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، އެކައުންޓިންގ، ބިޒްނަސް މެނޭޖްމަންޓް، ފައިނޭންސް، ކައުންސިލް އެޑްމިނިސްޓްރޭޝަން، ލޯ، އޮފީސް އެޑްމިނިސްޓްރޭޝަން، ޝަރީއާ އެންޑް ލޯ، ބިޒްނަސް، ޕަބްލިކް ރިލޭޝަންސް، ކޮމާސް، މާކެޓިންގ، ޕްރޮޖެކްޓު މެނޭޖްމަންޓު، ކޮމްޕިއުޓަރ ސައިންސް، ޕަބްލިކް ޕޮލިސީ، އިންފޮރމޭޝަން ޓެކްނޮލޮޖީ، ޕޮލިސީ ސްޓަޑީޒް، ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް، ގަވަރނަންސް، އެގްރިކަލްޗަރަލް ސައިންސް، ލޯކަލް ގަވަރނަންސް، މެރިން ސައިންސް، ސޯޝަލް ސައިންސް، އެންވަޔަރަންމެންޓަލް ސައިންސް، ސޯޝިއޮލޮޖީ، އަރބަން ސްޓަޑީސް، ސޯޝަލް ވޯރކް، އަރބަން ޕްލޭނިންގ، އެންތްރޯޕޮލޮޖީ، އާކިޓެކްޗަރ، ޑިމޮގްރަފީ، ސިވިލް އިންޖިނިއަރިންގ، ސްޓެޓިސްޓިކްސް، ސްޓްރަކްޗަރަލް އިންޖިނިއަރިންގ، އިކޮނޮމިކްސް، ލައިބްރަރީ ސައިންސް، ޕޮލިޓިކަލް ސައިންސް، ކަލްޗަރ އެންޑް ހެރިޓޭޖް، އިންޓަނޭޝަނަލް ރިލޭޝަންސް، ސްޕޯޓްސް މެނޭޖްމަންޓް، ޑިވެލޮޕްމަންޓް ސްޓަޑީޒް، ލީޑަރޝިޕް، އެޑިއުކޭޝަން، ދިވެހި ލެންގްއޭޖް، ރިލިޖަސް ސަރވިސަސް.

 

ކައުންސިލް އޮފިސަރުންގެ މަޤާމުތަކުގެ ތަޢުލީމީ ރޮނގުތަކުގެ ލިންކް:

https://www.csc.gov.mv/PostStructure/Index/36

 

މަޤާމާއި ގުޅޭ މަސައްކަތުގެ ދާއިރާތައް:

  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމެންޓް

ކޯ ޑިސިޕްލިންތައް:

  • ނެތް

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލްސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުންނާއި  ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) 

https://www.csc.gov.mv/Announcement/ViewDownloads/4 

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް). 
  2. ވަޒީފާއަށްއެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީނަމަވެސް) ދެފުށުގެ ލިޔުންތައްފެންނަ،ލިޔެފައިވާލިޔުންތައް ކިޔަންއެނގޭފަދަކޮޕީއެއް  ނުވަތަ އައި.ޑީ.ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  3. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  4. މަސައްކަތުގެ ތަޖްރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

   (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި )އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

   (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން  https://myaccount.csc.gov.mvއިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް )އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

  )ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

  (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި )އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް(، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.(

  )ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް )އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް( ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. އަސާސީ ޝަރުޠު ހަމަވުން %30
  2. އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު %5
  3. ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާއިގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް %5
  4. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ %5
  5. އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް) %20
  1. އިންޓަރވިއު %35

ނޯޓް: މަޤާމަށް އައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބޭ ޕޮއިންޓްގެ ޖުމްލަ %60 (ފަސްދޮޅަސް) އިންސައްތައަށް ވުރެ މަތިން ޕޮއިންޓް ލިބިފައިވާނަމައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 17 އޮގަސްޓް 2025 ގެ 12:00 ގެ ކުރިން ކެންދޫ ކައުންސިލް އިދާރާ އަށް ނުވަތަ އީމެއިލް ([email protected]) މެދުވެރިކޮށެވެ. އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހެއްގެ ޢަދަދަށް ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު އަދި ޕްރެކްޓިކަލްސް އޮންނާނެތަނާއި މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 18 އޮގަސްޓް 2025 އާއި 20 އޮގަސްޓް 2025 އާއި ދެމެދު ކެންދޫ ކައުންސިލް އިދާރާގައެވެ.

"ވަޒީފާއަށް ކުރިމަތިލީފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް(A2 ފޯމު(އާންމުކުރުން"

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް "(A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސް ބޯޑްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2  ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

                        މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6600004 ނަންބަރު ފޯނާއެވެ. އީ.މެއިލް ކުރައްވާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާއި ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރިވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv.dv.recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

10 އޮގަސްޓް 2025
ހޯދާ