މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ސްކޫލް
ދިވެހިރާއްޖެ
ސްޓާފްރޫމްގެ ފާޚަނަ އިމާރާތްކުރުމާއި ގުޅޭ

ސްޓާފްރޫމްގެ ފާޚަނަ އިމާރާތްކުރުމާއި ގުޅޭ

  1. ސްކޫލުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް މި ސްކޫލުގެ ސްޓާފްރޫމްގެ ފާޚަނަ އިމާރާތްކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.
  2. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 10 އޮގަސްޓް 2025 އިން 12 އޮގަސްޓް 2025 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމު ފުރުމަށްފަހު ސްކޫލު އޮފީހަށް ނުވަތަ އީމެއިލް މެދުވެރިކޮށް [email protected] ހުށަހެޅުއްވުން އެދެމެވެ.
  3. މި ޚިދުމަތް ފޯރުކޮށްދިނުމަށް އެދި ބީލަން ހުށައެޅޭނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
  4.  ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި ގަޑިތަކުގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
  5. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވި ނުވިކަމުގައިވިޔަސް ބީލަން ހުށަހެޅޭނެއެވެ.

ތަފުސީލު

ތަން

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

ކިނޮޅަހު ސްކޫލް

12 އޮގަސްޓް 2025

އަންގާރަ

10:00

އަންދާސީ ހިސާބު ހުށަހެޅުން

ކިނޮޅަހު ސްކޫލް

19 އޮގަސްޓް 2025 

އަންގާރަ

13:00

                          

10 އޮގަސްޓް 2025
ހޯދާ