ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.ކުމުންދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރ ޑިޒައިން އެންޑް ބިލްޑް އުސޫލުން ތަރައްޤީކުރުން

ހދ.ކުމުންދޫ ވޭސްޓް މެނޭޖްމަންޓް ސެންޓާރ ޑިޒައިން އެންޑް ބިލްޑް އުސޫލުން ތަރައްޤީ ކޮށްދޭނެ ފަރާތެއް ބޭނުންވެއެޖެއެވެ. ވީމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށައެޅުއްވުންއެދެމެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 18 އޮގަސްޓް 2025 ވާ ހޯމަ ދުވަހުގެ 10:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން ނުވަތަ އޮންލައިންކޮށް ތިރީގައިވާ ލިންކުން ފޯމް ހުށަހަޅާ ރަޖިސްޓްރީވުމަށް އެދެމެވެ. މިކަމާ ގުޅޭ މަޢުލޫމާތު ކަރުދާސް މިއިއުލާނާއި އެކު ހިއްސާކުރެވިފައިވާނެއެވެ.

ލިންކް: https://forms.cloud.microsoft/r/STZwacjBnD

ތަފްސީލް

ތާރީޚް

ގަޑި

ސުވާލެއްވާނަމަ އީމެއިލް ކުރައްވަންވީ ސުންގަޑި

އީމެއިލް: [email protected]

18 އޮގަސްޓް 2025 (ހޯމަ)

10:00

ރަޖިސްޓަރ ވުމުގެ ސުން ގަޑި

18 އޮގަސްޓް 2025 (ހޯމަ)

10:00

ޕްރީ ބިޑް ބައްދަލުވުން

18 އޮގަސްޓް 2025 (ހޯމަ)

13:00

އަންދާސީ ހިސާބު ހުށަހެޅުން

24 އޮގަސްޓް 2025 (އާދިއްތަ)

13:00

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ކުމުންދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރިވެވޭނީ ބިޑްގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި އަދި އިޢުލާނު ކުރެވިފައިވާ މަސައްކަތާއި ގުޅޭ ވިޔަފާރީގެ ހަރަކާތް/ތައް ރަޖިސްޓްރީ ކޮށް ފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.    

08 އޮގަސްޓް 2025
ހޯދާ