ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަރުވާއަށް ކުއްޔަށްދޫކުރާ ރުއްގަސްތަކާއި ގުޅޭ

މި ރަށުގެ އެކިސަރަހައްދު ތަކުގައި ހުރި ކައުންސިލްގެ ރުއްގަނޑުތަކާއި ބަނބުކެޔޮ ގަސްތައް ފަސްއަހަރު ދުވަހުގެ މުއްދަތަށް ވަރުވާއަށްނަގަން ބޭނުންފުޅުވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަމެވެ. މި އިޢުލާނާ ގުޅިގެން ވަރުވާއަށް ދޫކުރާ ސަރަހައްދުތައް ތިރީގައި އެވަނީއެވެ.

1-     ސިނާއީ ސަރަހައްދު ހުޅަގު މުކުރިމަގު މަތިމަރަދޫ ބައިކުރި މަގުން ބޮޑުތަކުރުފާނުމަގާ ހަމައަށް ހުރި ރުއްގަސް (މީގެ ތެރޭގައި ބޮޑުތަކުރުފާނުމަގު ދެފަރާތު ހުޅަގުކޮޅު ފޯދުނު 8 ރުއް ހިމެނޭނެއެވެ.)

2-     ތުނޑީ ބޯޅަދަނޑު ހުޅަގު ބިމުގައިހުރި ބަނބުކެޔޮގަސްތަކާއި ރުއްތަށް (ވުނަދާނަ ހިނގުމުން ފެށިގެން ކަޅައިދޫ ހިނގުމާއި ދެމެދު)

3-     ފަލާހުމިސްކިތުގެ އިރުމަތީގައިވާ ބަނބުކެޔޮގަސްތަކާއި ރުއްތައް (ވުނަދާނަ ހިނގުމާއި އެވޭލާ މަގުާއި ދެމެދު)

4-     ތުނޑީ ބަދަރު ސަރަހައްދު ގައިވާ ރުއްގަސް (ފިނިހިޔާ މަގުންފެށިގެން ދެކުނަށް ބަދަނރުގެ ދެކުނުކޮޅު ބޭރުތޮށިޖަހާފައިވާހިސާބަށް ފާލަންމަގާ މާހިންނަހިގުމުގެހުޅަގުންހިމެނޭ ހުރިހާ ރުއްތައް)

5-     ތުނޑީ އުތުރުކޮޅު ރުއްގަނޑު ( ތުނޑީ ފާލަންމަގާއި ތާރުމަގާ ދެމެދު ހިމެނޭ ޓްއަރިޒަމް ޒޯނަށް ކަނޑައަޅާފައިވާ އޭރިޔާ ހިމެނޭ ރުއްގަސް)

6-     ބޮޑުފިނޮޅު ރުއްގަނޑު

މަޢުލޫމާތު ސާފުކުރުން

އަންދާސީ ހިސާބު ހުށަހެޅުން

13 އޯގަސްޓް 2025 ދުވަހު 10:00 ގައި

18 އޯގަސްޓް 2025 ދުވަހު 13:00 ގައި

         ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ދެންނެވިފައިވާ ގަޑީގައި މި އިދާރާގެ ސެމިނާރޫމަށް ހާޒިރުވެ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. ކޮންމެ ރުއްގަނޑަކަށްވެސް އަގު ހުށަހަޅާނީ ވަކިފޯމެއްގައެވެ. ގަޑިޖެހިގެން އަންނަ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުމާތައްޓަކައި ދެންނެވީމެވެ. އަގު ހުށަހަޅާ ފޯމާއި މަޢުލޫމާތު ކަރުދާސް މި އިޢުލާނާ އެއްކަރުދާސް ކުރެވިފައިވާނެއެވެ. އިޢުލާނުގައިވާ ރުއްގަނޑުތައް ކާމިޔާބުކުރާ ފަރާތްތަކުން އެއްބަސްވުމުގައި ސޮއިކުރުމަށް މިއިދާރާއިން އެންގުމުން ސޮއިނުކޮށްފިނަމަ އެރުއްގަނޑަކަށް އަގު ހުށަހެޅި ފޯމު ބާތިލްކުރެވޭނެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތު ސާފު ކުރެއްވުމަށް 7611515 އަށް ގުޅުއްވުން އެދެމެވެ.

          ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

07 އޮގަސްޓް 2025
ހޯދާ