ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިޔަމިގިލީ ފުޓްސަލް ޗެލެންޖް 2025 ބޭއްވުމާއި ގުޅޭ

ދިޔަމިގިލީ ފުޓްސަލް ޗެލެންޖް 2025 ބޭއްވުމާއި ގުޅޭ


"ދިޔަމިގިލީ ފުޓްސަލް ޗެލެންޖް 2025" ގައި ބައިވެރިވާން ބޭނުންވާ ޓީމްތަކަށް އެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. މި މުބާރާތަކީ ތ.ދިޔަމިގިލީ ރައްޔިތުންނަށް ފުޓްސަލް ކުޅުމުގެ ފުރުސަތު ހޯދައިދިނުމާއި ހުނަރުވެރި ކުޅުންތެރިން ތަކެއް އުފެއްދުމުގެ މަޤްސަދުގައި ބާއްވާ މުބާރާތެކެވެ. ރައްޔިތުންގެމެދުގައި އެކުވެރިކަން އާލާކުރުމާއި އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ ފުޓްސަލް މުބާރާތްތަކުގައި ވާދަކުރެވޭނެ ގައުމީ ފެންވަރުގެކުޅުންތެރިންތަކެއް އުފެއްދުމުގެ މަޤްޞަދުގައި ބާއްވާ މުބާރާތެކެވެ.

ވީމާ، މި މުބާރާތްތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ޓީމްތަކުން މުބާރާތުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު 2025 އޮގަސްޓް 17 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމް މި އިޢުލާންގެ ތިރީގައިވާ ލިންކްއިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން 14:00 އަށް ފޯމް މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ދަންވަމެވެ. މި ފޯމާއިއެކު މުބާރާތުގައި ރަޖިސްޓްރީވުމަށް ކޮންމެ ޓީމް އަކުންވެސް -/1500 (އެއްހާސް ފަސްސަތޭކަ ރުފިޔާގެ) ފީއެއް ދެއްކެވުން އެދެމެވެ. ފީ ދެއްކެވުމަށް ތިރީގައިވާ އެކައުންޓަށް ފީ ޓްރާންސްފަރ ކުރެއްވުމަށް ފަހު މި އިދާރާގެ ވައިބަރ 9176574 ނަންބަރަށް ވައިބަރ ކުރެއްވުން އެދެމެވެ. އަދި ރިމާކްސްގައި ޓީމްގެ ނަން ޖެއްސެވުން އެދެމެވެ.

މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާ 2025 ސެޕްޓެމްބަރ މަސްތެރޭގައެވެ.

 

ފައިސާ ޓްރާންސްފަރ ކުރެއްވުމަށް

އ/ކ ނަންބަރ: 7725700487001

އ/ކ ނަން: 1435 Revenue 1

 

މުބާރާތުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމް ތިރީގައިވާ ލިންކް އިން ޑައުންލޯޑް ކުރެވޭނެއެވެ.

ލިންކް:  https://tinyurl.com/2dxfb9b8     

 

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

13 ޞަފަރު  1447

07 އޮގަސްޓް 2025

 

07 އޮގަސްޓް 2025
ހޯދާ