ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 04 ވަނަ ދައުރުގެ 219 ޖަލްސާގެ ނިންމުން އާއްމުކުރުން
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 04ވަަނަ ދައުރުގެ 219 ވަނަ ޢާންމު ޖަލްސާގެ ނިންމުން
ތަން: ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމް
ތާރީހް: 21 މުޙައްރަމް 1447 ، 16 ޖުލައި 2025 ބުދަ
ގަޑި: ހެނދުނު 08:30
އެޖެންޑާ
- 09 ޖުލައި 2025 އިން 15 ޖުލައި 2025 ގެ ނިޔަލަށް ކައުންސިލް އިދާރާއަށް ލިބިފައިވާ ސިޓީތައް ކައުންސިލާއި ހިއްސާކުރުން.
- ޒުވާނުންގެ ދިރުމުގެ ނަންބަރު N4-DZD/385/2025/2 ( 14 ޖުލައި 2025 ) ސިޓީ އާއި އެކުގައި ހުށަހަޅާފައިވާ މާލީ އެހީއަށް އެދި ހުށަހަޅާ ފޯމުގައިވާ މައްސަލަ
- ރަށުގެ މަދަނީ ޖަމުޢިއްޔާ ޖަމާޢަތްތަކަށް ކައުންސިލުން މާލީ އެހީ ދިނުމާބެހޭ އުސޫލް ފާސްކުރުމުގެ މައްސަލަ.
- ކުލަބު ބުރޭވް ޝޫޓްގެ ނަމްބަރ BSSC-2025/LTR/004 ( 04 ޖުލައި 2025 ) ސިޓީގައިވާ ރަށުގެ ބަނދަރު ސަރަޙައްދުގައި މަސް ކަނޑާ އަށި ހެދުމަށް ބިމެއް ހަމަޖެއްސުމަށާއި މާލީ އެހީތެރިކަން ލިބުމަށް އެދި ހުށަހަޅާފައިވާ މައްސަލަ
- ސްކޫލުގެ ބެލެނިވެރިން ހިޔާވެލުމަށް އަމިއްލަ ޚަރަދުގައި މަތީގައި ސަން ނެޓް ދަމައިގެން ނޫރާނީވިލާ ގޯޅިން ބައެއް ހިޔާކުރުރުމުގެ ހުއްދަ ލިބުމަށް އެދި 15 ޖުލައި 2025 ގައި ހުށަހެޅި ސިޓީގައިވާ މައްސަލަ
- -/50000 ރުފިޔާގެ ބަޖެޓް ކޮންޓްރޯލެއް ފާސް ކުރުމުގެ މައްސަލަ
- 4 ވަނަ ދައުރުގެ 2025/29/4/219/385 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން
ޖަލްސާގެ ނިންމުންތަށް
- 09 ޖުލައި 2025 އިން 15 ޖުލައި 2025 ގެ ނިޔަލަށް ކައުންސިލް އިދާރާއަށް ލިބިފައިވާ ސިޓީތައް ކައުންސިލާއި ހިއްސާކުރުން.
- ޒުވާނުންގެ ދިރުމުގެ ނަންބަރު N4-DZD/385/2025/2 ( 14 ޖުލައި 2025 ) ސިޓީ އާއި އެކުގައި ހުށަހަޅާފައިވާ މާލީ އެހީއަށް އެދި ހުށަހަޅާ ފޯމުގައިވާ މައްސަލަ އާއި ގުޅިގެން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށް ފަހު ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ޒުވާނުންގެ ދިރުމާއި ކައުންސިލުގެ އިދާރާއާއި ގުޅިގެން ކުލަ ގަދަކޮށް ފާހަގަ ކުރުމަށްޓަކައި ކައުންސިލުގެ ބަޖެޓުން ޒުވާނުންގެ ދިރުމަށް -/15000 ރު ( ފަނަރަ ހާސް ރުފިޔާ ) ދޫކުރުމަށް މެމްބަރުންގެ އިއްތިފާޤުން ނިންމެވިއެވެ.
- ރަށުގެ މަދަނީ ޖަމުޢިއްޔާ ޖަމާޢަތްތަކަށް ކައުންސިލުން މާލީ އެހީ ދިނުމާބެހޭ އުސޫލް ފާސްކުރުމުގެ މައްސަލަ އާއި ގުޅިގެން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށް ފަހު ރަށުގެ މަދަނީ ޖަމުޢިއްޔާ ޖަމާޢަތްތަކަށް ކައުންސިލުން މާލީ އެހީ ދިނުމާބެހޭ އުސޫލާއި އެއްގޮތްވާގޮތުގެ މަތިން ރަށުގެ މަދަނީ ޖަމުޢިއްޔާ ޖަމާޢަތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދެވުމަށް މެމްބަރުންގެ އިއްތިފާޤުން ނިންމެވިއެވެ.
- ކުލަބު ބުރޭވް ޝޫޓްގެ ނަމްބަރ BSSC-2025/LTR/004 ( 04 ޖުލައި 2025 ) ސިޓީގައިވާ ރަށުގެ ބަނދަރު ސަރަޙައްދުގައި މަސް ކަނޑާ އަށި ހެދުމަށް ބިމެއް ހަމަޖެއްސުމަށާއި މާލީ އެހީތެރިކަން ލިބުމަށް އެދި ހުށަހަޅާފައިވާ މި މައްސަލަ އާއި ގުޅިގެން މެމްބަރުން ވަރަށް ފުޅާ ދާއިރާއެއްގައި މިކަމުގެ ސަބަބުން ޢާއްމުންނަށް ލިބިގެންދާނެ ލުއި ފަސޭހަކަމާއި މިކަމުގެ ބޭނުންތެރިކަމާއި މުހިއްމުކަމުގެ މައްޗަށް ވިސްނާ ވަޑައިގެން މެމްބަރުން މަޝްވަރާ ކުރެއްވުމަށްފަހު މި މަސައްކަތަށް ކުލަބު ބުރޭވް ޝޫޓްގެ ނަމްބަރ BSSC-2025/LTR/004 ( 04 ޖުލައި 2025 ) ސިޓީގައިވާ ރަށުގެ ބަނދަރު ސަރަޙައްދުގައި މަސް ކަނޑާ އަށި ހެދުމަށް ބިމެއް ހަމަޖެއްސުމަށާއި މާލީ އެހީތެރިކަން ލިބުމަށް އެދި ހުށަހަޅާފައިވާ ޙަރަކާތަށް ކައުންސިލުގެ ބަޖެޓުން -/20000 ރު ( ވިހި ހާސް ރުފިޔާ ) ކުލަބު ބުރޭވް ޝޫޓަށް ދޫކުރުމަށާއި މިކަމަށް ބޭނުންވާ ބިން ބަނދަރުގެ ދެކުނުކޮޅު ޓީ ޖެޓީ ސަރަޙައްދުން ދޫކުރުމަށް މެމްބަރުންގެ އިއްތިފާޤުން ނިންމެވިއެވެ.
- ސްކޫލުގެ ބެލެނިވެރިން ހިޔާވެލުމަށް އަމިއްލަ ޚަރަދުގައި މަތީގައި ސަން ނެޓް ދަމައިގެން ނޫރާނީވިލާ ގޯޅިން ބައެއް ހިޔާކުރުރުމުގެ ހުއްދަ ލިބުމަށް އެދި 15 ޖުލައި 2025 ގައި ހުށަހެޅި ސިޓީގައިވާ މައްސަލަ އާއި ގުޅިގެނން މެމްބަރުން ޚިޔާލު ފާޅުކުރައްވާ މި ކަމުގެ މުހިއްމު ކަމާއި ބޭނުންތެރިކަން ފާހަގަ ކުރައްވާ ވާހަކަފުޅު ދައްކަވާ މަޝްވަރާ ކުރެއްވުމަށްފަހު ސްކޫލުގެ ބެލެނިވެރިން ހިޔާވެލުމަށް އަމިއްލަ ޚަރަދުގައި މަތީގައި ސަން ނެޓް ދަމައިގެން ނޫރާނީވިލާ ގޯޅިން ބައެއް ހިޔާކުރުރުމުގެ ހުއްދަ ލިބުމަށް އެދި 15 ޖުލައި 2025 ގައި ހުށަހެޅި ސިޓީގައިވާ މައްސަލައަށް ހުއްދަ ދެއްވުމާމެދު އިޢްތިރާޒެއް ނެތް ކަމުގައި މެމްބަރުންގެ އިއްތިފާޤުން ނިންމެވިއެވެ.
- ޖޭ.އެލް.ސީ.އެލް ފަންޑުގެ މޫދަށް އެރޭ ސަރަހައްދެއް ތަރައްޤީކުރުން ހަރަކާތުގެ 422999 ޖީ.އެލް. ކޯޑް އިން 50000.00 ރުފިޔާ އުނިކޮށް،ޖޭ.އެލް.ސީ.އެލް ފަންޑުގެ ޖަމިއްޔާ އަދި މުއައްސަސާ ތަކަށް އެހީ ފޯރުކޮށްދިނުން ހަރަކާތުގެ 223014 ޖީ.އެލް. ކޯޑަށް 50000.00 ރުފިޔާ އިތުރު ކުރުމުގެ މި މައްސަލަ އާއި ގުޅިގެން މެމްބަރުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށްފަހު ޖަމުޢިއްޔާ ތަކުގެ ޙަރަކާތްތައް އިތުރު ކުރުމުގެ މުހިއްމުކަން ފާހަގަ ކުރެއްވުމާއެކު ޖޭ.އެލް.ސީ.އެލް ފަންޑުގެ މޫދަށް އެރޭ ސަރަހައްދެއް ތަރައްޤީކުރުން ހަރަކާތުގެ 422999 ޖީ.އެލް. ކޯޑް އިން 50000.00 ރުފިޔާ އުނިކޮށް،ޖޭ.އެލް.ސީ.އެލް ފަންޑުގެ ޖަމިއްޔާ އަދި މުއައްސަސާ ތަކަށް އެހީ ފޯރުކޮށްދިނުން ހަރަކާތުގެ 223014 ޖީ.އެލް. ކޯޑަށް 50000.00 ރުފިޔާ އިތުރު ކުރުމުގެ އިޢްތިރާޒެއް ކަމުގައި މެމްބަރުންގެ އިއްތިފާޤުން ނިންމެވިއެވެ.
- އެއްވެސް އުނި އިތުރެއް ނެތި މެމްބަރުންގެ އިއްތިފާޤުން 4 ވަނަ ދައުރުގެ 2025/29/4/219/385 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރެއްވިއެވެ.
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 04ވަަނަ ދައުރުގެ 219 ވަނަ ޢާންމު ޖަލްސާގެ ހާޒިރީ
ޖަލްސާގެ ސެކްރެޓޭރިއެޓް ބެލެހެއްޓެވީ |
||
# |
ނަން |
މަޤާމު |
1 |
އަލްފާޟިލް އާދަމް ޝަފީޤް |
ސެކްރެޓަރީ ޖެނެރަލް |
2 |
އަލްފާޟިލް ޔަޙުޔާ ރަޝީދު |
ޑިރެކްޓަރ |
3 |
|
|
ޖަލްސާގެ ހާޒިރީ |
|||
# |
ނަން |
ހާޒިރުވި |
ހާޒިނުވާ |
1 |
ކައުންސިލް ރައީސް އަހްމަދު މޫސާ |
ü |
|
2 |
ކައުންސިލް ނައިބް ރައީސް މުހައްމަދު މުނީރު |
ü |
|
3 |
ކައުންސިލް މެންބަރު މުޢުތަސިމް އަބްދުއްރަހީމް |
ü |
|
4 |
ކައުންސިލް މެންބަރު ނަޝްފާ މާހިރު |
ü |
|
5 |
ކައުންސިލް މެންބަރު މަރިޔަމް އަލީ |
|
ޗުއްޓީގައި |
07 އޮގަސްޓް 2025
ހޯދާ