ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 04 ވަނަ ދައުރުގެ 217 ޖަލްސާގެ ނިންމުން އާއްމުކުރުން
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 04ވަަނަ ދައުރުގެ 217 ވަނަ ޢާންމު ޖަލްސާގެ ނިންމުން
ތަން: ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމް
ތާރީހް: 07 މުޙައްރަމް 1447 ، 02 ޖުލައި 2025 ބުދަ
ގަޑި: ހެނދުނު 08:30
އެޖެންޑާ
- 25 ޖޫން 2025 އިން 01 ޖުލައި 2025 ގެ ނިޔަލަށް ކައުންސިލް އިދާރާއަށް ލިބިފައިވާ ސިޓީތައް ކައުންސިލާއި ހިއްސާކުރުން.
- ބަނދަރު ސަރަޙައްދުން ވިޔަފާރި ކުރުމަށް ދޫކުރުމަށް ހަމަޖެހިފައި ބިންތައް ދޫކުރުމާގުޅޭ ގޮތުން މަޝްވަރާ ކުރުން
- ޝަހީދުންގެ ބިނާގެނަމުގައި ހާއްސަ ބިނާއެއް ހެދުމުގެ މަސައްކަތާއި ގުޅޭގޮތުން މަޝްވަރާކުރުން.
- މި ރަށުގައި ތިމާވެށީގެ ގޮތުން ޙިމާޔަތްކޮށް ރައްކާތެރި ކުރާނެ ސަރަޙައްދުތަކާއި ރުއްގަސް ކަނޑައެޅުން
- ކައުންސިލުގެ 4 ވަނަ ދައުރުގެ 2025/27/4/217/385 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
ޖަލްސާގެ ނިންމުންތަށް
- 25 ޖޫން 2025 އިން 01 ޖުލައި 2025 ގެ ނިޔަލަށް ކައުންސިލް އިދާރާއަށް ލިބިފައިވާ ސިޓީތައް ކައުންސިލާއި ހިއްސާކުރުން.
- ބަނދަރު ސަރަޙައްދުން އެކި ބާވަތުގެ ވިޔަފާރި ކުރުމަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތައް ދޫކުރުމާގުޅޭ ގޮތުން މަޝްވަރާ ކުރުމުގެ މި މައްސަލައާއި ގުޅިގެން މެމްބަރުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށް ފަހު، ރަށުގެ ބަނދަރު ސަރަޙައްދުން ދޫކުރެވޭ ބިންތަކުގެ ތެރެއިން މިވަގުތު ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކާ ބެހޭގޮތުން އިތުރު މަޢްލޫމާތު ކައުންސިލުގެ މެމްބަރުން ބޭނުންފުޅުވާތީ ބިންތަކާ ގުޅޭ މަޢްލޫމާތު ކައުންސިލުގެ އިދާރާއިން އެއްކުރެއްވުމަށް ފަހު ކުރިއަށް އޮންނަ ޖަލްސާއަށް ހުށަހެޅުއްވުމަށް އެދިވަޑައިގަންނަވާ ކަމުގައި މެމްބަރުންގެ އިއްތިފާޤުން ނިންމެވިއެވެ.
- ޝަހީދުންގެ ބިނާގެނަމުގައި ހާއްސަ ބިނާއެއް ހެދުމުގެ މަސައްކަތާއި ގުޅޭގޮތުން މަޝްވަރާކުރުގެ މި މައްސަލައާއި ގުޅިގެން މެމްބަރުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށް ފަހު، ރަށުގެ ބަނދަރު ސަރަޙައްދުން ސިއްހީމަރުކަޒުގެ ކުރިމަތީގައި އޮތް ހުސްބިމުން ނެގުމަށް ހަމަޖެހިފައިވާ މި ބިމާގުޅޭ ގޮތުން އިތުރު މަޢްލޫމާތު ކައުންސިލުގެ މެމްބަރުން ބޭނުންފުޅުވާތީ ބިމާ ގުޅޭ މަޢްލޫމާތު ކައުންސިލުގެ އިދާރާއިން އެއްކުރެއްވުމަށް ފަހު ކުރިއަށް އޮންނަ ޖަލްސާއަށް ހުށަހެޅުއްވުމަށް އެދިވަޑައިގަންނަވާ ކަމުގައި މެމްބަރުންގެ އިއްތިފާޤުން ނިންމެވިއެވެ.
- މި ރަށުގައި ތިމާވެށީގެ ގޮތުން ޙިމާޔަތްކޮށް ރައްކާތެރި ކުރާނެ ސަރަޙައްދުތަކާއި ރުއްގަސް ކަނޑައެޅުމުގެ މި މައްސަލަ އާއި ގުޅިގެން މެމްބަރުން ވަރަށް ފުޅާ ދާއިރާއެއްގައި ގިނަ މަޝްވަރާތަކެއް ކުރެއްވިއެވެ. މިގޮތުން ޚިޔާލު ފާޅުކުރައްވައި ކުރެއްވި މަޝްވަރާތަކަށް ފަހު މި ރަށުގައި ތިމާވެށީގެ ގޮތުން ޙިމާޔަތްކޮށް ރައްކާތެރި ކުރާނެ ސަރަޙައްދުތަކާއި ރުއްގަސް ކަމުގައި ކަނޑައެޅުއްވި ތަންތަނާއި ރުއްގަހަކީ 1. އަލަށް ހަދާ ފުޓްބޯޅަ ދަނޑުގެ އުތުރު ކޮޅުގައި ހުރި ބޮޑު ނިކަ ގަސް އަދި 2. އަލަށް ހަދާ ފުޓްބޯޅަ ދަނޑުގެ ދެކުނު ކޮޅުގައި ހުރި ބޮޑު ނިކަ ގަސް އަދި 3. ތިންކޮޅުފުށީ ފެންގަނޑު އޮތް ޗަކަ ގަނޑު ސަރަޙައްދު ފެންގަނޑާ އެކު އަދި 4. ދިޔަމިގިލި ހިމެނޭ ހުރިހައި ސަރަޙައްދުގެ ވަށައިގެންވާ ހޭޅި އަދި 5. ރަށުގެ ރައްޔިތުން ދަތުރު ދިއުމަށާއި މޫދަށް އެރުމަށް ގޮސް އުޅޭ ތިންކޮޅުފުށި ތުނޑި ސަރަޙައްދު އަދި 6. ހިތްފަސޭހަ މަގުގެ އުތުރު ކޮޅު ހޭޅީގައި ހުރި ބޮޑު ނިކަ ގަސް އަދި 7. ގަނޑުވަރު ގޯތީގައި ޣާޒީމަގަށް ވާގޮތަށް ހެދިފައިހުރި ބޮޑު އަނބު ގަސް އަދި 8. ހުކުރު މިސްކިތް (މަސްޖިދުލް އަމާނަތު) ގޯތީގެ އިރު އުތުރު ކަނުގައި ބަހައްޓާފައި ހުރި ވަގުތު ގާ މިއެވެ. އަދި މި ތަންތަނާއި ރުއްގަހާއި ތަކެތި ޙިމާޔަތް ކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތެއް ކައުންސިލުގެ އިދާރާއިން ދެމެހެއްޓެނިވި ގޮތުގައި ކުރަމުން ގެންދިއުމާއެކު މި ތަންތަނާއި ރުއްގަހާއި ތަކެތި ޙިމާޔަތް ކުރުމަށް އިޢްތިރާޒެއް ނެތް ކަމުގައި މެމްބަރުންގެ އިއްތިފާގުން ނިންމެވިއެވެ.
- އެއްވެސް އުނި އިތުރެއް ނެތި މެމްބަރުންގެ އިއްތިފާޤުން 4 ވަނަ ދައުރުގެ 2025/27/4/217/385 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރެއްވިއެވެ.
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 04ވަަނަ ދައުރުގެ 217 ވަނަ ޢާންމު ޖަލްސާގެ ހާޒިރީ
ޖަލްސާގެ ސެކްރެޓޭރިއެޓް ބެލެހެއްޓެވީ |
||
# |
ނަން |
މަޤާމު |
1 |
އަލްފާޟިލް އާދަމް ޝަފީޤް |
ސެކްރެޓަރީ ޖެނެރަލް |
2 |
އަލްފާޟިލް ޔަޙުޔާ ރަޝީދު |
ޑިރެކްޓަރ |
3 |
|
|
ޖަލްސާގެ ހާޒިރީ |
|||
# |
ނަން |
ހާޒިރުވި |
ހާޒިނުވާ |
1 |
ކައުންސިލް ރައީސް އަހްމަދު މޫސާ |
ކ |
|
2 |
ކައުންސިލް ނައިބް ރައީސް މުހައްމަދު މުނީރު |
ކ |
|
3 |
ކައުންސިލް މެންބަރު މުޢުތަސިމް އަބްދުއްރަހީމް |
ކ |
|
4 |
ކައުންސިލް މެންބަރު ނަޝްފާ މާހިރު |
ކ |
|
5 |
ކައުންސިލް މެންބަރު މަރިޔަމް އަލީ |
ކ |
|
07 އޮގަސްޓް 2025
ހޯދާ