ދިވެހިރާއްޖެ
މިކޯޓުން ފޯރުކޮށްދޭ މަޢްލޫމާތާއި އެއްގޮތަށް ވ.ކެޔޮދޫ މެޖިސްޓްރޭޓް ކޯޓުގެ އަރުޝީފުގައި ހަރުހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މި މަސައްކަތާބެހޭ މަޢްލޫމާތު ސާފުކޮށްދިނުން 11 އޮގަސްޓް 2025 ވާ ހޯމަ ދުވަހުގެ 11:00 ގައި ވ. ފެލިދޫ މެޖިސްޓްރޭޓްކޯޓުގައި އޮންނާނެއެވެ.
އީމެއިލް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާނަމަ އެކަމަށް އެދޭ ފޯމު އީމެއިލް ކުރާނީ 11 އޮގަސްޓް 2025 ވާ ހޯމަ ދުވަހުގެ 10:00 ގެ ކުރިން [email protected] އަށެވެ.
ބީލަން ހުށަހަޅާނީ 14 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ވ. ފެލިދޫ މެޖިސްޓްރޭޓް ކޯޓަށެވެ.އަންދާސީ ހިސާބު ހުށަހަޅާ ފޯމު ހިމެނޭގޮތުން،މި މަސައްކަތުގެ މަޢްލޫމާތުޝީޓާއި ، ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފޯމް އިޢްލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ.
ބީލަން ހުށަހަޅަން އޮންނަ ގަޑީގެ ފަހުން ހުށަހަޅާ ބީލަމާއި، ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުކުރާފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.