ފެލިދެއަތޮޅު ފެލިދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ވ.ކެޔޮދޫ މެޖިސްޓްރޭޓް ކޯޓުގެ އިދާރީބަޔާއި، ފާޚާނާ މަރާމާތުކުރުން

މިކޯޓުން ފޯރުކޮށްދޭ މަޢްލޫމާތާއި އެއްގޮތަށް ވ.ކެޔޮދޫ މެޖިސްޓްރޭޓް ކޯޓުގެ އިދާރީބަޔާއި، ފާޚާނާ މަރާމާތުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މި މަސައްކަތާބެހޭ މަޢްލޫމާތު ސާފުކޮށްދިނުން 11 އޮގަސްޓް 2025 ވާ ހޯމަ ދުވަހުގެ 11:00 ގައި ވ. ފެލިދޫ މެޖިސްޓްރޭޓްކޯޓުގައި އޮންނާނެއެވެ.

އީމެއިލް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާނަމަ އެކަމަށް އެދޭ ފޯމު އީމެއިލް ކުރާނީ  11 އޮގަސްޓް 2025 ވާ ހޯމަ ދުވަހުގެ 10:00 ގެ ކުރިން [email protected]  އަށެވެ.

ބީލަން ހުށަހަޅާނީ 14 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ވ. ފެލިދޫ މެޖިސްޓްރޭޓް ކޯޓަށެވެ.އަންދާސީ ހިސާބު ހުށަހަޅާ ފޯމު ހިމެނޭގޮތުން،މި މަސައްކަތުގެ މަޢްލޫމާތުޝީޓާއި ، ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފޯމް އިޢްލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ.

ބީލަން ހުށަހަޅަން އޮންނަ ގަޑީގެ ފަހުން ހުށަހަޅާ ބީލަމާއި، ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުކުރާފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

06 އޮގަސްޓް 2025
ހޯދާ