ހުވަދުއަތޮޅު އުތުރުބުރީ ދެއްވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ގއ.ދެއްވަދޫ ކައުންސިލްގެ 20 އަހަރުން ދަށުގެ ފުޓްސަލް ޓޯނަމެންޓް 2025" ގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލުން

"ގއ.ދެއްވަދޫ ކައުންސިލްގެ 20 އަހަރުން ދަށުގެ ފުޓްސަލް ޓޯނަމެންޓް 2025" ގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލުން

         ރަށުގެ ކުޅިވަރުގެ ރޫޙް އާލާކުރުމުގެ މަޤްސަދުގައި 20 އަހަރުން ދަށުގެ ފިރިހެން ކުދިންނަށް އަމާޒްކޮށްގެން މުޅި ރަށަށް ހުޅުވާލައިގެން ބާއްވާ "ދެއްވަދޫ ކައުންސިލްގެ 20 އަހަރުން ދަށުގެ ފުޓްސަލް ޓޯނަމެންޓް"  25 ޑިސެމްބަރ 2025 އިން 29 ޑިސެމްބަރ 2025 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.  

         ވީމާ، މި މުބާރާތުގައި ބައިވެރިވެލައްވަން ޝައުޤުވެރިވެލައްވާ ޓީމްތަކުން 03 ސެޕްޓެމްބަރ 2025 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ރަޖިސްޓްރީ ކުރައްވައި އަދި "ގއ. ދެއްވަދޫ ކައުންސިލް ފުޓްސަލް ޓޯރނަމެންޓް ގައި ބައިވެރިވުމަށް އެދޭ ފޯމު" ފުރިހަމަކުރެއްވުމަށްފަހު، މިއިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. އީމެއިލް ކުރައްވާނަމަ މިއިދާރާގެ އީމެއިލް އެޑްރެސް  info@dhevvadhoo.gov.mv : އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

           މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

06 އޮގަސްޓް 2025
ހޯދާ