މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެގްރިކަލްޗަރަލް އާއިގުޅޭ މަސައްކަތްތަކަށް ދޫކުރެވޭ 3 ބިމާއި ގުޅޭ

އެގްރިކަލްޗަރަލް އާއިގުޅޭ މަސައްކަތްތަކަށް ދޫކުރެވޭ  3 ބިމާއި ގުޅޭ

           އެގްރިކަލްޗަރަލްގެ މަސައްކަތްތަކަށްރަށުގެ ދެކުނުފަރާތު ޗާރޓްގައި ފާހަގަ ކުރެވިފައިވާ 3 ބިން ކުއްޔަށް ދޫކުރުމަށް ބީލަން އުޞޫލުން ފުރުޞަތު ހުޅުވާލަމެވެ.

           ވީމާ، މިބިންތައް ކުއްޔަށް ހިފަން ޝައުޤުވެރިވާ ފަރާތް ތަކުން ތިރީގައި ބަޔާންކޮށްފައިވާ މަޢުލޫމާތާއި އެއްގޮތަށް " ކުލީބިމަށް އެދޭފޯމް " މިއިދާރާއިން ބައްލަވައިގަތުމަށްފަހު، ބިޑް ހުށަހެޅުއްވުން އެދެމެވެ. ބިޑްގަންނަފަރާތްކަމަށް (ބިޑްގަތުމަށް އެދޭ ފޯމް ގައި ބަޔާންކޮށްފައިވާ) ފަރާތުގެ ބަދަލުގައި އެހެންފަރާތަކަށް ބިޑްހުށަހެޅުމުގެ ފުރުޞަތެއް  ނޯންނާނެއެވެ.

ތަފްޞީލް

މުއްދަތު

ގަޑި

ތަން

ކުލީބިމަށް އެދޭ ފޯމް ވިއްކުން

(ކުލީބިމަށް އެދޭ ފޯމް ވިއްކުމަށް ހަމަޖެހިފައިވަނީ 2000.00 ރުފިޔާއަށް )

10 އޯގަސްޓް 2025 ވާ އާދިއްތަ ދުވަހުން ފެށިގެން 14 އޮގަސްޓް 2025 ވާ ބުރާސްފަތި 

ރަސްމީ ކޮންމެ ދުވަހެއްގެ 10:00 ފެށިގެން 12:00

ހިންމަފުށީ ކައުންސިލްގެ އިދާރާއިން

މަޢުލޫމާތު ދިނުން 

18 އޯގަސްޓް ވާ ހޯމަ ދުވަހު

މެންދުރު 13:30 

ހިންމަފުށީ ކައުންސިލްގެ އިދާރާ

ބިޑު ހުށަހެޅުން

( ކުލީބިމަށް އެދޭފޯރމް ހުށަހެޅުން )

28 އޯގަސްޓް 2025 ވާ ބުރާސްފަތި

މެންދުރު 13:00

ހިންމަފުށީ ކައުންސިލްގެ އިދާރާ

            ބިޑް ހުށަހެޅުއްވުމަށް ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަ ބިޑްތައް ބަލައި ގަނެވެން ނޯންނާނެކަން މިފުރުޞަތުގައި ދަންނަވަމެވެ. ބިމާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި 6642024 ނަންބަރު ފޯނާއެވެ. އަދި ބިޑްފޯމްގަތުމަށްފަހު ބިޑްފޯމްގަތް ފައިސާ އަބުރާ ދެވެންނޯންނާނެ ވާހަކަ ދެންނެވީމެވެ.

            މިއިއުލާނާއެކު ޗާޓް އަދި މަޢުލޫމާތު ކަރުދާސް ހިމަނާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

06 އޮގަސްޓް 2025
ހޯދާ