ދިވެހިރާއްޖެ
"ގއ.ދެއްވަދޫ ކައުންސިލްގެ ޤުރުއާން މުބާރާތް 1447" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން
ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖައްސައި ޤުރުއާން ކިޔެވުމުގެ ރޫޙު އާލާކޮށް ދިރުވުމުގެ މަޤްޞަދުގައި މުޅި ރަށަށް ހުޅުވާލައިގެން ބާއްވާ "ދެއްވަދޫ ކައުންސިލްގެ ޤުރުއާން މުބާރާތް 1447" 28 ޑިސެމްބަރ 2025 އިން 30 ޑިސެމްބަރ 2025 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ މިމުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 06 އޮގަސްޓް 2025 ވާ ބުދަ ދުވަހުން ފެށިގެން 28 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ 13.00 ގެ ނިޔަލަށް މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި އީމެއިލް ކުރައްވާނަމަ މިއިދާރާގެ އީމެއިލް އެޑްރެސް info@dhevvadhoo.gov.mv :އަށް މެއިލް ކޮށްދެއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު ކައުންސިލްގެ އިދާރާއާއި މިއިޢުލާނުގެ ގެޒެޓް ލިންކުން ލިބެން ހުންނާނެއެވެ. އަދި މުބާރާތުގެ ގަވާއިދު މިއިޢުލާނާއެކު ޢާންމުކުރީމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.