ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ.ބިލެތްދޫ ކައުންސިލް އައު އިމާރާތުގެ ނުނިމިހުރި މަސައްކަތް ކޮއްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

ފ.ބިލެތްދޫ ކައުންސިލް އައު އިމާރާތުގެ ނުނިމިހުރި މަސައްކަތް ކޮއްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

             މިކައުންސިލުން ދޭމައުލޫމާތާއި އެއްގޮތަށް ފ.ބިލެތްދޫ ކައުންސިލް އައު އިމާރާތުގެ ނުނިމިހުރި މަސައްކަތްތައް ކޮއްދޭނޭ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.

            ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ، އެކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓަރީ ކުރެވިފައިވާއަމިއްލަ ފަރުދުންގެ ވިޔަފާރިތަކާއި ކުންފުނިތަކުން، 17 އޮގަސްޓް 2025 ވާ އާދިއްތަ ދުވަހުގެ މެންދުރު 11.00ށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 31 އޮގަސްޓް 2025 ވާ އާދިއްތަ ދުވަހުގެ މެންދުރު 11.00 ށް މި އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

           މައުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެވޭނީ މިބީލަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.  މައުލޫމާތު ދިނުމުގެ ޝެޝަން ގައި ބައިވެރި ވުމަށް 500/-ރ (ފައްސަތޭކަ) ދިވެހި ރުފިޔާގެ ނަން-ރީފަންޑަބަލް ރެޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެއެވެ. ފައިސާ ބަލައި ގަތުމާއި ބީލަމުގައި ރަޖިސްޓްރީވުން ކުރިއަށްދާނީ 06 އޮގަސްޓް 2025 އިން 14 އޮގަސްޓް 2025 އަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން 12:00 އަށް މި ކައުންސިލް އިންނެވެ.

އަންދާސީ ހިސާބު ހުށަހަޅަންވާނީ ސިޓީ އުރައެއްގައި ބަންދުކޮށް ސިޓީއުރައިގެ ބޭރުގައި " ފ.ބިލެތްދޫކައުންސިލް އައު އިމާރާތުގެ ނުނިމިހުރި މަސައްކަތްތައް ކުރުން" މިހެން ލިޔުމަށްފަހުގައެވެ. އަދި ބަދަލުގައި މީހަކު ހާޟިރުވާނަމަ ބީލަންހުށަހަޅާފަރާތުގެ ސިޓީއަކާއި ވެރިފަރާތުގެ އައިޑީކާޑުގެ ފޮޓޯކޮޕީއަކާއި ބަދަލުގައި ހާޒިރުވާ ފަރާތުގެ އައިޑީ ކާރޑް ކޮޕީ ހުށަހަޅަން ވާނެއެވެ.

ތިރީގައިމިވާ ހާލަތްތަކުގައި އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަން:

      - ބީލަމުގައި ރަޖިސްޓްރީނުވާ ބޭފުޅުންގެ އަންދާސީ ހިސާބުތައް

      - ފެކްސް މެދުވެރިކޮށް ހުށަހަޅާ އަންދާސީ ހިސާބުތައް

      - ގަޑިޖެހުމަށްފަހު ގެންނަ އަންދާސީ ހިސާބުތައް

      - މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް

      - މަޢުލޫމާތު ފުރިހަމަކޮށް ސޮއިކޮށްފައިނުވާ އަންދާސީ ހިސާބުތައް

      - މިއިދާރާއިން އަންދާސީ ހިސާބު ހުށަހެޅުމަށް ދޫކުރާ ފޯމުގައި ނޫންގޮތަކަށް ހުށަހަޅާ އަންދާސީ ހިސާބު

05 އޮގަސްޓް 2025
ހޯދާ