މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްވެރިކަމާއި ގުޅުންހުރި މަސައްކަތްތަކަށް ބިން ދޫކުރުމާއި ގުޅޭ:

މަސްވެރިކަމާއި ގުޅުންހުރި މަސައްކަތްތަކަށް ބަނދަރުގެ ހުޅަނގު ދެކުނު ސަރަހައްދުން 20 އަހަރު ދުވަހުގެ މުއްދަތައް ބިންކުއްޔަށް ދޫކުރުމަށް ހުޅުވާލަމެވެ. ބިން ކުއްޔަށް ދޫކުރެވޭނެ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް 60/1 (އެއްރުފިޔާ ފަސްދޮޅަސް ލާރި) އެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މި ބީލަމުގައި ރަޖިސްޓަރީ ވުމަށްފަހު ބިން ކުއްޔަށްހިފުމަށް އަގު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

 

ތަން

ދުވަސް

ތާރީޚް

ގަޑި

 

ބީލަމުގައި ރަޖިސްޓަރީ ވުން

 

12 އޮގަސްޓް 2025 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން

 

 

އަގު ހުށަހެޅުން

 

މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލް އިދާރާ

 

ބުރާސްފަތި

 

21 އޮގަސްޓް 2025

 

13:00

 

 

މި ބީލަމާއި ގުޅޭ މަޢުލޫމާތާއި ލިޔުންތައް ގެޒެޓް ގައި ޝާޢިއު ކުރެވިފައިވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 6600004 ފޯނަށް ގުޅުއްވާ ނުވަތަ [email protected] އަށް އީމެއިލަށް މެއިލް ކުރެއްވުމަށް ދަންނަވަމެވެ.

                       

                        މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

05 އޮގަސްޓް 2025
ހޯދާ