ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ފައިނޭންސް އޮފިސަރ

އިޢުލާން

ފައިނޭންސް އޮފިސަރ

ފައިނޭންސް އޮފިސަރގެ މަގާމަކީ އެސޯސިއޭޝަންގެ ހެޑްކުއާޓަރުގެ ލައިން ސްޓާފް ފަންތީގެ ޓެކްނިކަލް މަގާމެކެވެ. އެސޯސިއޭޝަނުގެ މާލީ ޒިންމާތަކާއި، ހަރަދުތަކާއި، އާމްދަނީއާ ގުޅޭ އެންމެހައި ލިޔެކިޔުމާއި ރިޕޯޓްތައް ތައްޔާރުކޮށް ބަލަހައްޓާނީ ފައިނޭންސް އޮފިސަރެވެ.

 

ބެނުންވާ އަދަދު

1

މަގާމުގެ މުއްދަތު

ދާއިމީ / ފުލްޓައިމް

ވަޒީފާ އަދާކުރަންޖެހޭތަން

އެސޯސިއޭޝަންގެ ހެޑްކުއާޓަރު

އަސާސީ މުސާރަ

4،500 ރުފިޔާ

ސާރވިސް އެލަވަންސް

3،000 – 2،000 ރުފިޔާ

ޕްރޮފެޝަނަލް އެލަވަންސް

2،500 – 1،000 ރުފިޔާ

އެހެނިހެން އެލެވެންސް

ދިވެހި ރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

މައިގަނޑު މަސްއޫލިއްޔަތާއި ޒިންމާ

ދުވަހުން ދުވަހަށް ނިންމަންޖެހޭ މަސައްކަތްތައް:

  1. އެސޯސިއޭޝަނަށް ބަލައިގަންނަ ފައިސާތަކުގެ ރެކޯޑް ދުވަހުން ދުވަހަށް ބެލެހެއްޓުން.
  2. އެސޯސިއޭޝަނަށް ބަލައިގަންނަ ކޭޝް/ޓްރާންސްފަރ ތަކުގެ ރަސީދު ތައްޔާރުކޮށް ދުވަހު ފޮތަށް އެންޓަރކުރުން.
  3. އެސޯސިއޭޝަނަށް ލިބޭ ނަގުދު ފައިސާ ދުވަހުން ދުވަހަށް ބޭންކަށް ޖަމާކުރުން.
  4. އެސޯސިއޭޝަނުގެ ޕެޓީ ކޭޝް ރެޖިސްޓަރ ބެލެހެއްޓުން.
  5. ފައިސާއި ބެހޭ އެންމެހާ ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ފައިލްކޮށް ބެލެހެއްޓުން.
  6. އެސޯސިއޭޝަންގެ ހުރިހާ އެކައުންޓެއްގެ ވައުޗަރ ރަޖިސްޓްރީއާއި ޗެކް ރަޖިސްޓްރީ ތައްޔާރުކޮށް ބެލެހެއްޓުން.
  7. ފައިސާ ހަރަދުކުރުމާ ގުޅޭގޮތުން ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ޕޭމަންޓް ވައުޗަރުތައް ހެދުމާއި، ފައިސާ ހަވާލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  8. އެސޯސިއޭޝަނުގެ އެސެޓް ރެޖިސްޓަރ ބެލެހެއްޓުން.
  9. މަސައްކަތާގުޅިގެން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ، މެސެޖު ފަދަ ލިޔުންތައް ލިޔެ ފޮނުވުމާއި އޭގެ ރެކޯޑު ބެލެހެއްޓުން.
  10. ސްކައުޓް ޝޮޕްގެ ސްޓޮކް ބެލެހެއްޓުމާއި، ސްޓޮކް އޯޑަރު ކުރުމާއި، މި މަސައްކަތްތަކާ ގުޅޭ އެންމެހައި ކަންކަން ކުރުން.

 

 

މަހުންމަހަށް ނިންމަންޖެހޭ މަސައްކަތްތައް:

  1. އެސޯސިއޭޝަނުގެ ހުރިހާ އެކައުންޓެއްގެ ބޭންކް ރިކޮންސިލޭޝަން ސްޓޭޓްމަންޓް ކޮންމެ މަހަކު ތައްޔާރު ކުރުން.
  2. މުވައްޒަފުންގެ ހާޒިރީ ރިޕޯޓްތަކާއި، މުސާރަ ޝީޓް ތައްޔާރުކޮށް ޕޭރޯލް ޕްރޮސެސްކުރުން.
  3. މުވައްޒަފުންގެ މުސާރަ އެކައުންޓްތަކަށް ޖަމާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  4. ޕެންޝަން ކޮންޓްބިއުޝަން ފައިސާ ކޮންމެމަހަކު މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހަށް ޖަމާކުރުން.
  5. އެސޯސިއޭޝަނުން ކަނޑައަޅާފައިވާ ގޮތުގެ މަތިން ފާއިތުވި މަހުގެ މާލީ ހިސާބުތަކުގެ ރިޕޯޓް ކޮންމެ މަހެއްގެ 5 ގެ ކުރިން ތައްޔާރުކުރުން.
  6. އެސޯސިއޭޝަނުގެ އެސެޓް ކައުންޓް ކޮށް ރަޖިސްޓަރީ އަދާހަމަކުރުން.

އަހަރީ މަސައްކަތްތައް:

  1. އެސޯސިއޭޝަނުގެ އަހަރީ ބަޖެޓް ތައްޔާރުކުރުމުގެ މަސައްކަތައް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  2. 2.     އެސޯސިއޭޝަނުގެ އަހަރީ ރިޕޯޓުގައި ހިމަނަންޖެހޭ ފައިނޭންޝަލް ރިޕޯޓުތައް ތައްޔާރުކުރުން.

އެހެނިހެން މަސައްކަތްތައް:

  1. ނެޝަނަލް އެކްޓިވިޓީތަކުގެ ބަޖެޓް ތައްޔާރުކުރުމަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން.
  2. ނެޝަނަލް އެކްޓިވިޓީތައް ނިމޭތާ 15 ދުވަހުގެ ތެރޭގައި، އެކްޓިވިޓީގެ އާމްދަނީ އަދި ހަރަދުތަކުގެ ރިޕޯޓް ތައްޔާރުކުރުން.
  3. މާލީ ތަފާސް ހިސާބުތައް ތައްޔާރުކޮށް ބެލެހެއްޓުން.
  4. އެސޯސިއޭޝަނަށް ލިބޭ ގްރާންޓްތަކާއި ޑޮނޭޝަންތަކުގެ މާލީ ރިޕޯޓްތައް ތައްޔާރުކޮށް ފޮނުވަންޖެހޭ މުއްދަތުގައި އިދާރާތަކަށް ފޮނުވުން.
  5. އެސޯސިއޭޝަނުގެ މެންޑޭޓްގައިވާ މަސައްކަތްތައް ފުރިހަމަކުރުމަށް ބޭނުންވާ އެހީތެރިކަން ދިނުން.
  6. އެސޯސިއޭޝަނުގެ މަސައްކަތްތަކުގެ ތެރެއިން ހާއްސަ ހާލަތްތަކުގައި ހަވާލުކުރެވޭ މަސައްކަތް ކުރުން.

 

މަގާމުގެ ޝަރުތު

(ހ) އެކައުންޓިންގ، ފައިނޭންސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓްގެ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން؛

ނުވަތަ،

(ށ) ފައިނޭންސް އޮފިސަރގެ މަގާމުގައި މަދުވެގެން 3 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި

މަގާމަށް އެދި ހުށަހަޅަންޖެހޭތަކެތި ހުށަހަޅާނީ 14 އޮގަސްޓްވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، މިއެސޯސިއޭޝަންގެ އީމެއިލް [email protected] އެޑްރެހަށެވެ. އީމެއިލް ކުރައްވާ ޑޮކިއުމަންޓަތައް ފޮނުވަންވާނީ ޕީ.ޑީ.އެފް(pdf) ފޯމެޓްގައި އެކަނި ކަމުގައި ދަންނަވަމެވެ.

 

އަދި އިއުލާނުގެ ސުންގަޑި ހަމަވުމުން ހުށަހަޅާ ހުށަހެޅުންތައް ބަލައި ނުގަނެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އަދި ތައުލީމީމާއި ތަޖުރިބާ އަންގައިދޭ)
  2. ކާކުކަން އަންގައިދޭ ރަސްމީ ލިޔުން
  3. ލިބިފައިވާ ތައިލީމާއި ތަމްރީންތަކުގެ ސެޓްފިކެޓް ކޮޕީ
  4. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން (މަގާމުގެ މަސްއޫލިއްޔަތާއި، މުއްދަތު އިނގޭ ގޮތަށް)
  5. ޕޮލިސް ސްޓްފިކެޓް
  6. މަގާމަށް ގާބިލު ފަރާތެއްކަން ސާބިތުކޮށް ދިނުމަށް ހުށަހަޅާ އެހެނިހެން ލިޔުންތައް

ޝޯޓލިސްޓް ކުރުން

މި މަގާމަށް އެދި ހުށަހަޅަ ފަރާތްތަކުގެ ތެރެއިން ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ ގާބިލް ފަރާތްތައް ޝޯރޓް ލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު

މި މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 19 އޮގަސްޓް 2025 ވާ އަންގާރަ ދުވަހުއެވެ. ވުމާއި އެކު މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން މި މުއްދަތުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

އިތުރު މަޢުލޫމާތު

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް ކަމަށް މ އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ، އެފަރާތެއްގެ ހުށަހެޅުން ބަލައި ނުގަނެވޭނެއެވެ.

ޝޯޓލިސްޓް ކުރެވޭނީ ހުށަހަޅަ ލިޔުންތަކުގެ މައްޗަށް ބިނާކޮށެވެ.

މަގާމާއި ގުޅޭގޮތުން އިތުރު މަޢުލުމާތު ބޭނުން ފުޅުވާނަމަ، އީމެއިލް ކުރައްވާނީ [email protected] އަ ށެވެ.

 

05 އޮގަސްޓް 2025
ހޯދާ