ދިވެހިރާއްޖެ
މި އިދާރާގެ އިޢުލާން ނަންބަރު 254/254/2024/75(IUL) އާއި ގުޅިގެން ހއ.ތަކަންދޫއިން ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓް އާންމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު 5 އޮގަސްޓް 2025 ވީ އަންގާރަ ދުވަހުން 19 އޮގަސްޓް 2025 ވާ އަންގާރަ ދުވަހުގެ 13:00 ގެ ނިޔަލަށް ހުޅުވާލައިފީމެވެ. ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓް ދިވެހި ސަރުކާރުގެ ގެޒެޓްގައި މިހާރު ވާނީ ޝާއިޢުރެވިފައެވެ.
ޕޮއިންޓް ދީފައިވާ ގޮތާމެދު، ޝަކުވާ ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން "ހއ.ތަކަންދޫއިން ބަންޑާރަ ގޯއްޗަށް އެދިފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ލިސްޓަށް ޝަކުވާ ހުށަހަޅާ ފޯމް" ފުރިހަމަކޮށް ރަސްމީގަޑީގައި މި އިދާރާއަށް ނުވަތަ މި އިދާރާގެ އީ-މެއިލް [email protected] އަށް ފޯމް ހުށަހެޅުއްވުން އެދެމެވެ.
ހއ.ތަކަންދޫއިން ބަންޑާރަ ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް އިޢުލާން ކުރެވޭނީ، ހުށަހެޅޭ ޝަކުވާތަކާއި ގުޅިގެން ލިސްޓަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްފަހުގައެވެ.