މޯލްޑިވްސް ޗެސް އެސޯސިއޭޝަން
ދިވެހިރާއްޖެ
ކްލަބް ޗެސް ޗެމްޕިއަންޝިޕް 2024 ގައި ބައިވެރިވުމަށް ހުޅުވާލުން

މޯލްޑިވްސް ޗެސް އެސޯސިއޭޝަނުން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކްލަބް ޗެސް ޗެމްޕިއަންޝިޕް 2024 ގައި ބައިވެރިވުމަށް ބޭނުންވާ ކްލަބުތަކަށް އެފުރުސަތު ހުޅުވާލަމެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މި އޯގަސްޓް މަހުގެ 20ން 30ށް.

މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު އަދި މުބާރާތުގެ ޤަވާއިދު 4 އޯގަސްޓު 2025 ގެ 14:00 އަށްފަހު ލިބެން ހުންނާނެއެވެ. މުބާރާތުގައި ބައިވެރިވާން ބޭނުންވާ ރަޖިސްޓަރޑް ކްލަބުތަކުން ފޯމު ހޯދުމަށް އެދި މި އެސޯސިއޭޝަންގެ މެއިލް އެޑްރެސްއަށް މެއިލް ކުރެއްވުން އެދި ދެންނެވީމެވެ.
ޓީމް ރެޖިސްޓްރޭޝަން ފޯމް ހުށަހެޅުމުގެ ސުންގަޑި: 14:00 – 12 އޯގަސްޓް 2025
މުބާރާތުގައި ބައިވެރިވުމުގެ ފީ: 1500 ރުފިޔާ
މި މުބާރާތުގައި ބައިވެރިވެވޭނީ މުބާރާތުގެ ފީގެ އިތުރުން ކްލަބުގެ އަހަރީ ފީ (2000 ރުފިޔާ) ދައްކާފައިވާ ރަޖިސްޓަރޑް ކްލަބުތަކަށް އެކަންޏެވެ.
އިތުރު މައުލޫމާތު ހޯދުމަށް 7776466 އަށް ގުޅުއްވާ ނުވަތަ [email protected] އަށް މެއިލް ކުރައްވާ.

03 އޮގަސްޓް 2025
ހޯދާ