ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ 4 ވަނަ ދައުރުގެ 197 ވަނަ ޖަލްސާގެ ނިންމުން

 

ކައުންސިލްގެ ނިންމުން އާންމުކުރާ ފޯމް

ބައްދަލުވުމުގެ ނަންބަރު:

4 ވަނަ ދައުރުގެ 197

ބައްދަލުވުމުގެ ބާވަތް:

އާއްމު ބައްދަލުވުން

ބައްދަލުވުން ބޭއްވި ތާރީޙް:

23 ޖުލައި 2025

ބައްދަލުވުން ބޭއްވި ގަޑި:

10:00

 

 

ނިންމުންތައް

  1. ވަގުތީ އޮޑިހަރުގެއެއް އެޅުމަށް ބިމެއް ހޯދުމަށް އަބްދުﷲ ރަޝީދު ނާރެސް ހުށަހަޅާފައިވާ މައްސަލައިގައި އޮޑިހަރުގޭގައި ކުރުމަށް ބޭނުންވަނީ އަމިއްލަ ބޭނުމަށް ނުވަތަ ވިޔަފާރި އުސޫލުން ކުރާ މަސައްކަތެއްކަން ބެލުމަށް ސިޓީ ފޮނުވުމަށް ނިންމުނު.
  2. ވަޑާމުގެ މަސައްކަތްކުރުމަށް ބިން ހޯދުމަށް އިބްރާހީމް އަޙްމަދު، މ. ފެއަރީކޯނާ ހުށަހަޅާފައިވާ މައްސަލައިގައި  ރަށުގެ ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތައް ބިޑް އުސޫލުން މިފަދަ މަސައްކަތްތަކަށް ބިންދޫކުރުމުގެ މަސައްކަތް ކުރިޔައްދާކަން އެންގުމަށް ނިންމުނު.
  3. ގުދަނެއް ހެދުމަށްޓަކައި ބިމެއް ހޯދުމަށް މުޙައްމަދު އިނާޒް، ފިނިފެންމާގެ ހުށަހަޅާފައިވާ މައްސަލައިގައި  ރަށުގެ ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތައް ބިޑް އުސޫލުން މިފަދަ މަސައްކަތްތަކަށް ބިންދޫކުރުމުގެ މަސައްކަތް ކުރިޔައްދާކަން އެންގުމަށް ނިންމުނު.
  4. ވަންދޫ ސްކޫލްގެ ޤުރުއާން މުބާރާތުގެ ޖަޖުންގެ އެލަވަންސް އަދި ދަތުރު ޙަރަދު ބަޖެޓުން ހަމަޖެއްސުމަށް ނިންމުނު.
  5. ލޭންޑް ޔޫސް ޕްލޭންގައި ދަނޑުބިން ދޫކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދުގެ ތެރެއިން 45000 އަކަފޫޓުގެ ބިންނެގުމަށާއި އަދި މިސަރަހައްދުން ދަނޑުވެރިކަމަށް 8 ބިން ބިޑްއުސޫލުން ދޫކުރުމަށް މިބިންތަކަށް ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތައް ކުލި ނެގުމަށް ނިންމުނު.
  6. ވަގުތީ އޮޑިހަރުގެ އެޅުމަށް ބިންދޫކުރުމަށް ކައުންސިލްގެ 94 ވަނަ ބައްދަލުވުމުން ނިންމާފައިވާ ނިންމުމުގެ ބަދަލުގައި ލޭންޑް ޔޫސް ޕްލޭންގައި ލުއި ސިނާއީ މަސައްކަތްތަކަށް ނެގުމަށް ހަމަޖެހިފައިވާ އަކަފޫޓަކަށް 20 ލާރީގެ ރޭޓުން ދޫކުރުމަށާއި 2025 ވަނަ އަހަރު ވަގުތީ އޮޑިހަރުގެ އެޅުމަށް އުރީދޫ ސައިޓް ހިމެނޭ ކޮށިން އިރުން ހުޅަނގަށް 115×35 ފޫޓުގެ އިތުރު 2 ބިން ދޫކުރުމަށް ނިންމުނު.
23 ޖުލައި 2025
ހޯދާ