މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް
ދިވެހިރާއްޖެ
41 ވަނަ ޕާކިސްތާން އިންޓަރނޭޝަނަލް ހޭންޑްމޭޑް ކާޕެޓް އެގްޒިބިޝަން 7-9 އޮކްޓޯބަރ 2025

ޕާކިސްތާނުގެ ލާހޯރުގައި މި އަހަރު އޮކްޓޯބަރު މަހުގެ 7 އިން 9 އަށް ބޭއްވުމަށް ހަމަޖެހިފައިވާ 41 ވަނަ ޕާކިސްތާން އިންޓަރނޭޝަނަލް ހޭންޑްމޭޑް ކާޕެޓް އެގްޒިބިޝަން 2025 ގައި ބައިވެރިވުމުގެ ފުރުސަތު، ދިވެހިރާއްޖޭގެ ވިޔަފާރިތަކަށް ހުޅުވާލެވިފައިވާކަމުގެ މައުލޫމާތު ޕާކިސްތާނު ސަރުކާރުން ވަނީ މި މިނިސްޓްރީ އަށް ހިއްސާކުރަށްވާފައެވެ. މި މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ ޕާކިސްތާނުގެ ލާހޯރުގައި ހުންނަ ޕާލް ކޮންޓިނެންޓަލް ހޮޓެލްގައެވެ.

ތިން ދުވަހުގެ މުއްދަތަށް ބޭއްވޭ މި މައުރަޒުގައި، ހޭންޑްމޭޑް ކާޕެޓް އިންޑަސްޓްރީގެ އުފެއްދުންތެރިންނާއި އެކްސްޕޯޓަރުން އެ ފަރާތްތަކުގެ އަގުހުރި އުފެއްދުންތައް ޚާއްޞަ ސްޓޯލްތަކެއްގައި ދައްކުވައިދޭނެއެވެ.

މި މައުރަޒުގައި ބައިވެރިވުމަށް ރަޖިސްޓްރީކޮށް އަދި އެޕްރޫވަލް ލިބޭ ފަރާތްތަކަށް ޕާލް ކޮންޓިނެންޓަލް ހޮޓެލް ލާހޯރުން 3 ރޭގެ ހިލޭ ހުރުމުގެ އިންތިޒާމު ހަމަޖެހިފައިވާކަމުގެ މައުލޫމާތު ޕާކިސްތާނު ސަރުކާރުން ވަނީ ހިއްސާކުރަށްވާފައެވެ. މީގެ އިތުރުން، ޕާކިސްތާން ސަރުކާރުން ކަނޑައަޅާ އެހެނިހެން ޚާއްޞަ ޕެކޭޖުތަކެއްވެސް ފޯރުކޮށްދެވޭނެ ކަމުގެ މައުލޫމާތުވެސް ޕާކިސްތާނު ސަރުކާރުން ފޯރުކޮށްދީފައިވެއެވެ.

މި މައުރަޒުގައި ބައިވެރިވާން ބޭނުންފުޅުވާނަމަ މި އިއުލާންއާއެކުގައިވާ އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު 14 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ ކުރިން [email protected]  އީމެއިލް ކުރެއްވުން އެދި ދެންނެވީމެވެ.

 

03 އޮގަސްޓް 2025
ހޯދާ