ދިވެހިރާއްޖެ
ބޯޅަދަނޑުގެ ސްޓޭޖުގެ ފަހަތުގައި ދެ ފާޚާނާއާއި ޗޭންޗިންގ ރޫމެއް އެޅުމާއި ބޯޅަދަނޑުގެ ސްޓޭޖު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން މި ކައުންސިލުން ކުރި ނަންބަރު: 340/340/2025/47(IUL) (21 ޖުލައި 2025) އިޢުލާނާގުޅިގެން އެއްވެސް ފަރާތަކުން ހުށަހެޅުމެއް ހުށަހަޅާފައި ނުވާތީ އަލުން އެ މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރަތްތަކަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މި ބީލަމުގައި ބައިވެރިވެވޭނީ، މި އުޢުލާނާއެކު ހިއްސާކުރެވޭ ބިޑް ޑޮކިއުމަންޓުތަކުގެ ސެކްޝަން 2 (ބީލަން ހުށަހަޅާ ފަރާތްތަކަށް ދެވޭ އިރުޝާދު)ގެ 2 ވަނަ މާއްދާގެ 2.1 ވަނަ ނަންބަރުގައި ބަޔާންކުރާ ފަރާތްތަކަށެވެ.
މި ބީލަމުގައި ބައިވެރިވުމަށް، ޝަރުޠުހަމަވާ އަދި ޝައުޤްވެރިވާ ފަރާތްތަކުން، 2025 އޮގަސްޓް 3 އިން 2025 އޮގަސްޓް 10 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ރަޖިސްޓްރީވުމަށް މި ކައުންސިލްގެ [email protected] އީމެއިލަށް، ރަޖިސްޓަރީވެލައްވާ ފަރާތުގެ ނަން/ ކުންފުނި/ވިޔަފާރިގެނަން ގުޅޭނެ ނަންބަރު ފޮނުއްވުން އެދެމެވެ. ރަޖިސްޓްރީވުމަށް މެއިލްނުކުރާ ފަރާތްތަކަށް ބިޑްހުށަނޭޅޭނެއެވެ.
މި މަސައްކަތްތަކުގެ ތަފްސީލްހިމެނޭ ބިޑް ޑޮކިއުމެންޓް މި އިޢުލާނާއެކު އެޓޭޗުކުރެވިފައިވާނެއެވެ. މި ބިޑްޑޮކިއުމަންޓުގެ ހާޑްކޮޕީ ދޫކުރެވޭނީ ކޮންމެ ގަނޑަކަށް 2ރ (ދެ ރުފިޔާ) ދެއްކުމުންނެވެ. މި މަސައްކަތްތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބިޑް ޑޮކިއުމެންޓްތަކުގައި ހިމެނިފައިވާނެއެވެ.
މި މަސައްކަތާގުޅޭ އެއްވެސް ސުވާލެއް އޮތްނަމަ މަތީގައިވާ މެއިލަށް 2025 އޮގަސްޓް 5 ވަނަ ދުވަހުގެ 14:00ގެ ކުރިން ފޮނުވުމުން 2025 އޮގަސްޓް 6 ވަނަ ދުވަހުގެ ނިޔަލަށް ޖަވާބު ފޮނުވޭނެއެވެ.
މި މަސައްކަތުގެ ބިޑްބަލައިގަތުމާއި ބިޑްހުޅުވުން އޮންނާނީ 2025 އޮގަސްޓް 11 ވަނަ ދުވަހުގެ 10:00 ގައި މި އިދާރާގައެވެ.