މޯލްޑިވްސް ޗެސް އެސޯސިއޭޝަން
ދިވެހިރާއްޖެ
އެކްސްކޯ މެންބަރެއްގެ މަޤާމަށް މެންބަރެއް ހޮވުން

މި އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ މެންބަރެއްގެ މަޤާމު ހުސްވެފައިވާތީ، މި މަޤާމަށް ވާދަކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި މަހުގެ 14 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި އެސޯސިއޭޝަންގެ މެއިލް 

[email protected] އަށް، ޝަރުތުހަމަވާ މެންބަރު ކްލަބުތަކުގެ ފަރާތުން އެޕްލިކޭޝަން ފޯމު ފޮނުއްވައިދެއްވުން އެދެމެވެ. 
 
ޝަރުތު ހަމަވާ ކްލަބުތައް:

1. ކްލަބް ގާމަގު 
2. ޑީ އެކްސް ސްޕޯޓްސް ކްލަބް 
3. ކްލަބް ޑަބަލް އެއިޓް 
4. ކްލަބް ބެސްޓް މޫވް 
5. ކްލަބް ޗެކް މޭޓް
6. ކާސަލް ޗެސް ކްލަބް އެންޑް އެކަޑަމީ 
7. ކްލަބް ޗެސް މޭޓް
8. ހުޅުމާލޭ ޗެސް ކްލަބް 
9. ކްލަބް ސްޓޯން ވޯލް 
 
މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ މެދުގައި ކެންޑިޑޭޓް ނަންބަރު ތަރުތީބުކުރުން އޮންނާނީ 17 އޯގަސްޓް 2025 ގެ ރޭގަނޑު 8:30 ގައެވެ. އަދި މި ފަރާތްތަކުގެ މެދުގައި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ 28 އޯގަސްޓް ވާ ބުރާސްފަތި ދުވަހުގެރޭ 8:30 ގައެވެ. ކެންޑިޑޭޓް ނަންބަރު ތަރުތީބު ކުރުމާއި، އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންދާނީ ހުޅުމާލޭގައި ހުންނަ ޗެސް އާކޭޑުގައެވެ. 
01 އޮގަސްޓް 2025
ހޯދާ