ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
މާރކެޓިންގ ކޮންސެޕްޓް މެޓީރިއަލް ހެދުމާއި މާރކެޓިންގ ސްޓްރެޓެޖީސް ހަދައި ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދުމަށް

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރު

PSM-ECM/2015/9

 

ޕްރޮޕޯޒަލް ހުށަހެޅުއްވުމުގެ ދަޢުވަތު

ޕަބްލިކް ސާރވިސް މީޑިއާއަށް މާރކެޓިން ކޮންސެޕްޓް މެޓީރިއަލް ހެދުމާއި މާރކެޓިން ސްޓްރެޓެޖީސް ހަދައި ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު IUL)PSM-FP/PSM/2015/108) ނަންބަރު އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުޙީބު ލިބިފައިނުވާތީ މި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިޢުލާން ކުރަމެވެ.

މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކަށް ދޫކުރެވޭ މަޢުލޫމާތުޝީޓު 05 އޮކްޓޫބަރު 2015 ވާ ހޯމަ ދުވަހުގެ 10:00 ން ފެށިގެން 08 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 10:00 އާ ހަމައަށް މިކުންފުނީގެ ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އާއި، ޓީވީ ބިލްޑިންގ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.        

ވީމާ، މި ކުންފުނިން ދޭ މަޢުލޫމާތުގައިވާ ކަންކަން ފުރިހަމަކޮށް 08 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ޕީއެސްއެމް ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެވަޑައިގެން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު މިކަމަށް ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހަޅުއްވުމަށް ދަންނަވަމެވެ.

10 ޛުލްޙިއްޖާ 1436

28 ސެޕްޓެންބަރު 2015
ހޯދާ