ދިވެހިރާއްޖެ
ޒިއަމެން ލާމު މެރަތަން 2025 އަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމާއި، ޓައިމިންގ ބަލަހައްޓައިދޭނެ ފަރާތެއްހޯދުމަށް:
ޒިއަމެން ލާމް މެރަތަން 2025 އަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމާއި، ޓައިމިންގ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)240-CA/240/2025/49 )9 ޖުލައި 2025) އިޢުލާނުގެ މައުލޫމާތު ކަރުދާހަށް ބަދަލު އައިސްފައިވާތީ، ދެވަނަފަހަރަށް އިއުލާނު ކުރީމެވެ. އިސްލާހުކުރެވިފައިވާ މައުލޫމާތު ކަރުދާސްތައް މި އިއުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައިއެވާ މެއިލް އެޑްރެހަށް ބިޑްގައި ރަޖިސްޓްރީ ވުމަށް މެއިލް ފޮނުއްވާ ރަޖިސްޓްރީކުރުމަށްފަހު، އެޓޭޗްކުރެވިފައިވާ މައުލޫމާތު ޝީޓްގައިވާ ސްޕެސިފިކޭޝަނާއި އެއްގޮތަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
1 |
ރަޖިސްޓްރީވުން |
7 އޮގަސްޓު 2025 ވާ ބުރާސްފަރި ދުވަހުގެ 13:00 ގެ ކުރިން ބިޑްގައި ރަޖިސްޓްރީވުމަށް [email protected] އަށް އީމެއިލްގެ ޒަރިއްޔާއިން ހިއްސާކުރެއްވުން އެދެމެވެ. އަދި ރަޖިސްޓްރީ ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ. |
2 |
އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެގޮތް |
10 އޮގަސްޓު 2025 ވާ އާދީއްތަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެ ހައްދުންމަތީ އަތޮޅުކައުންސިލަށް ވަޑައިގެންދެއްވުން އެދެމެވެ. ( ސުންގަޑީގެފަހުން ހުށަހެޅޭ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.) |
3 |
އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަންޖެހޭ ލިޔުންތައް |
ހުށަހަޅަންޖެހޭ ލިޔުންތައް މައުލޫމާތު ޝީޓުގައި ބަޔާންކުރެވިފައިވާނެއެވެ. |