ދިވެހިރާއްޖެ
2025 އޮގަސްޓް 13 އިން 16 އަށް އޭދަފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ، "ބ. އަތޮޅު ޤުރްއާން މުބާރާތް 1447 " ގެ ޝެޝަންތައް ލައިވްކޮށް، ފޮޓޯ ނެގުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން، 2025 އޮގަސްޓް 4 ވަނަ ދުވަހުގެ 14:00ގެ ކުރިން، [email protected] އަށް މެއިލް ކުރައްވައި ނުވަތަ 6608300 ނަންބަރ ފޯނާ ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މިކަމާ ގުޅިގެން ދޫކުރެވޭ އެންމެހައި މަޢުލޫމާތު ހޯއްދެވުމަކީ، މަސައްކަތަށް ކުރިމަތިލައްވާ ފަރާތުގެ ޒިންމާއެކެވެ. ކޯޓޭޝަން ހުށަހެޅުމުގެ އެންމެފަހު ތާރީޚަކީ، 2025 އޮގަސްޓް 6 ވާ ބުދަ ދުވަހުގެ 11.00 އެވެ. މި ތާރީޚުގެ ފަހުން ހުށަހަޅާ ކޯޓޭޝަންތައް ބަލައެއް ނުގަނެވޭނެއެވެ. އަދި ކޯޓޭޝަން ހުޅުވުން އޮންނާނީ 2025 އޮގަސްޓް 5 ވާ އަންގާރަ ދުވަހުގެ 11.05 ގައި، މިއިދާރާގެ ޖަލްސާކުރާ މާލަމްގައެވެ. މިމަސައްކަތާއި ގުޅިގެން ކޯޓޭޝަން ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކަށް އީ.މެއިލްގެ ޛަރީއާއިންވެސް ހުށަހެޅިދާނެއެވެ. އީ.މެއިލްގެ ޛަރީއާއިން ކޯޓޭޝަން ހުށަހަޅުއްވާ ނަމަ ފޮނުއްވާނީ، [email protected] އެވެ.
06 ޞަފަރު 1447