ދިވެހިރާއްޖެ
ރަސްގެތީމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކައްކާ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. މި ކޯހުގައި ބައިވެރިވެވޭނީ ހަމައެކަނި 16 އަހަރުން މަތީގެ އަންހެނުންނަށް އެކަންޏެވެ. މި ކޯހުގެ ފީއަކީ 1500 ރުފިޔާއެވެ.
މަދުވެގެން 20 ބައިވެރިންނާއެކު ފެށުމަށް ހަމަޖެހިފައިވާ މި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު 31 ޖުލައި 2025 އިން 10 އޮގަސްޓް 2025 ގެ ނިޔަލަށް ހުޅުވާލަމެވެ.
ކޯހުގައި ކިޔަވާދޭނެ ތަކެތީގެ ލިސްޓު މި އިޢުލާންގައި ހިމަނާފައި ވާނެއެވެ.
ވީމާ، ކޯހުގައި ބައިވެރިވެލައްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 އޮގަސްޓް 2025 ވާ އާދިއްތަ ދުވަހުގެ 13:00ގެ ކުރިން މި ކައުންސިލްގެ ހޮޓްލައިން 6580068 ނަންބަރާއި ގުޅުއްވާ ނަންނޯޓު ކުރެއްވުން އެދެމެވެ.
މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތެއް ހޯއްދެވުމަށް ބޭނުންފުޅުވެލައްވާނަމަ، 7644790 ފޯނާއި ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.