ދިވެހިރާއްޖެ
އިޢުލާން
ތިނަދޫ ސިޓީ އާބާދީ މަރުކަޒުގައި ކުރަން ހުރި މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)415/415/2025/150އިޢުލާނުގެ އަންދާސީ ޙިސާބު ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން
ތިނަދޫ ސިޓީ އާބާދީ މަރުކަޒުގައި ކުރަން ހުރި މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)415/415/2025/150 އިޢުލާނާއި ޙަވާލާދީ ދަންނަވަމެވެ.
ޙަވާލާދީ ދެންނެވިފައިވާ އިޢުލާނާ ގުޅިގެން އެ ބީލަމުގެ މަޢުލޫމާތު ޝީޓަށް ބަދަލުތަކެއް އައިސްފައިވާތީ މި މަސައްކަތުގެ އަންދާސީ ހިސާބު ހުށަހެޅުމުގެ މުއްދަތު 14 އޮގަސްޓް 2025 (ބުރާސްފަތި) ދުވަހުގެ 11:00 އަށް އިތުރުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށެހެޅޭނީ މި މައްސައްކަތަށް ރެޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
|
ތާރީޚް |
ގަޑި |
ތަން |
ބީލަން ހުށަހެޅުން |
14 އޮގަސްޓް 2025 |
11:00 |
ތިނަދޫ ސިޓީ ކައުންސިލް އިދާރާގެ މީޓިންގް ރޫމް |
06 ޞަފަރު 1447