މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހެނބަދޫ ފުޓްސަލް ދަނޑުގެ ލައިޓްތަށް ބަދަލުކުރުމާއި ގުޅޭ

 

 

އިޢުލާން

ހެނބަދޫ ފުޓްސަލް ދަނޑުގެ ލައިޓްތަށް ބަދަލުކުރުމާއި ގުޅޭ

                    މި ކައުންސިލުން ދޭ މަޢުލޫމާތު ޝީޓް އާއި އެއްގޮތަށް ފުޓްސަލް ދަނޑުގެ ލައިޓްތަށް ބަދަލުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 07 އޮގަސްޓު 2025 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން މި އިދާރާއަށް ދުރުވެ މައުލޫމާތު ސާފު ކުރެއްވުން އެދެމެވެ. އަދި އެ ދުވަހުގެ 13:15  އަށް މި އިދާރާއަށް ދުރުވެ ސިޓީ ހުށަހެޅުން އެދެމެވެ. ސިޓީ ހުށަހަޅާއިރު އަގު އަދި މުއްދަތު ބަޔާންކުރެއްވުން އެދެމެވެ.

                      މައުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތައްޓަކައި ދެންނެވީމެވެ. އަދި މައުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި އެހެން ބޭފުޅަކު ފޮނުވާނަމަ އެއީ ބަދަލުގައި ފޮނުއްވި ފަރާތެއްކަން އެނގޭފަދަ ލިޔުމަކާއިއެކު ފޮނުއްވުމަށްވެސް ދަންނަވަމެވެ. އަދި ދަންނަވަމެވެ. މި ޢިއުލާނަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ   ކުރުމުގެ ޤާނޫނޫ (ޤާނޫނޫ ނަންބަރ : 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮއްފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނޫ (ޤާނޫނޫ ނަންބަރ:19/2014)  ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮއްފައިވާ ފަރާތްތަކަށެވެ.

                     މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.

                          6 ސަފަރް 1447

                          31 ޖުލައި 2025     

                                            

 

 

31 ޖުލައި 2025
ހޯދާ