ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ޑިރެކްޓަރ، ކޮމިޝަނަރސް ބިއުރޯ

މަޤާމު:

ޑިރެކްޓަރ، ކޮމިޝަނަރސް ބިއުރޯ

މަޤާމުގެ ނަންބަރު:

CSC-J-350324

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

CSC6-1

މަޤާމުގެ ކްލެސިފިކޭޝަން:

ސީ.އެސް.ސީ ޕްރޮފެޝަނަލްސް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ސިވިލް ސަރވިސް ކޮމިޝަން، ކ. މާލެ

މުސާރަ:

މަހަކު -/11,390 ރުފިޔާ

ސަރވިސް އެލެވަންސް:

ހާޟިރުވާ ދުވަހަކަށް -/188 ރުފިޔާ

ކޮމިޝަން އެލަވަންސް:

މަހަކު 3,986.50 ރުފިޔާ (އަސާސީ މުސާރައިގެ %35)

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަނުން ކުރާ މައިގަނޑު މަސައްކަތް:

ކޮމިޝަނަރސް ބިއުރޯގެ އެޑްމިނިސްޓްރޭޓިވް ޔުނިޓްގެ އަދި ކޮމިޝަނުގެ އިދާރާގެ މަސައްކަތްތަކާ ގުޅޭގޮތުން ބައިނަލްއަގުވާމީ ފަރާތްތައް ހިމެނޭހެން އެކްސްޓަރނަލް ސްޓޭކްހޯލްޑަރުންނާ ގުޅުންބަދަހިކުރުމާއި، ކޮމިޝަނުގެ މެންބަރުންނާއި، ކޮމިޝަނުގެ މުވައްޒަފުން ރަސްމީގޮތުން އަތޮޅުތަކަށާއި ރާއްޖެއިން ބޭރަށްކުރާ ދަތުރުތަކުގެ އިންތިޒާމާއި، ޕްރޮޓޮކޯލް ހަމަޖެއްސުމާއި، ކޮމިޝަނުގެ ބައްދަލުވުންތައް އިންތިޒާމްކުރުމާއި، މި ބައްދަލުވުންތަކުގެ އިދާރީކަންކަން ބެލެހެއްޓުމުގެ މަސައްކަތްކުރުމާއި، ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.

މަޤާމުގެމައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކޮމިޝަނަރސް ބިއުރޯއާއި ބިއުރޯގެ ދަށުން ހިނގަމުންދާ ޔުނިޓްތަކުގެ މަސައްކަތްތަކާ ގުޅޭ އެންމެހާ ކަންކަން އަމިއްލައަށް އިސްނަގައިގެން، ޢަމަލީގޮތުން ކުރުމާއި ކުރުވުން.
  2. ކޮމިޝަނަރސް ބިއުރޯއާއި ބިއުރޯގެ ދަށުން ހިނގަމުންދާ ޔުނިޓްތަކުގެ މަސައްކަތާގުޅޭ އުސޫލުތަކާއި ސްޓޭންޑަރޑް އޮޕަރޭޓިން ޕްރޮސީޖަރތަކާއި ގައިޑްލައިންތައް އަދި ސަރވިސް ސްޓޭންޑަރޑްތައް އެކުލަވާލުމާއި، ގަވާއިދުން މި ތަކެތި ރިވިއުކޮށް ގެންނަންޖެހޭ ބަދަލުތައް އަދާހަމަކޮށް ބެލެހެއްޓުމުގެ އެންމެހާ މަސައްކަތް އަމަލީގޮތުން ކުރުމާއި ކުރުވުން.
  3. ކޮމިޝަނުގެ އިދާރާގެ މަސައްކަތްތަކާ ގުޅޭގޮތުން ބައިނަލްއަގުވާމީ ފަރާތްތައް ހިމެނޭހެން އެކްސްޓަރނަލް ސްޓޭކްހޯލްޑަރުންނާ ގުޅުންބަދަހިކުރުމަށް ޓަކައި ކުރަންޖެހޭ މަސައްކަތާގުޅޭ އުސޫލުތަކާއި ސްޓޭންޑަރޑް އޮޕަރޭޓިން ޕްރޮސީޖަރތަކާއި ގައިޑްލައިންތައް އަދި ސަރވިސް ސްޓޭންޑަރޑްތައް  އެކުލަވާލުމާއި، ގަވާއިދުން މި ތަކެތި ރިވިއުކޮށް ގެންނަންޖެހޭ ބަދަލުތައް އަދާހަމަކޮށް ބެލެހެއްޓުމުގެ އެންމެހާ މަސައްކަތްކުރުމާއި ކުރުވުން.
  4. ސިވިލް ސަރވިސް ކޮމިޝަނުގެ މަސައްކަތާއި ޚިދުމަތް ހަރުދަނާކުރުމަށް ޓަކައި ބައިނަލްއަގުވާމީ ފަރާތްތައް ހިމެނޭހެން އެކްސްޓަރނަލް ސްޓޭކްހޯލްޑަރުންނާ ގުޅުންބަދަހިކޮށް ކޮމިޝަނާއި ދިވެހި ސިވިލް ސަރވިސް ޒަމާނީކޮށް ތަރައްޤީކުރުމަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ހޯދޭނެގޮތްތަކާއި، ސިޔާސަތުތަކާއި ސްޓްރެޓެޖީތައް ދެނެގަނެ، އެފަދަ  ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވަލުމާއި އެއާ އެއްގޮތަށް މަސައްކަތްތައްކުރުން.
  5. ކޮމިޝަނުގެ ބަޖެޓުން ޚަރަދުކޮށްގެން ބައިވެރިވާ، އަދި ބައިނަލްއަގުވާމީ އިދާރާތައް ހިމެނޭހެން އެކްސްޓަރނަލް އިންސްޓިޓިއުޝަންތަކުން ކޮމިޝަނަށް ފުރުޞަތު ލިބޭ ވޯކްޝޮޕްތަކާއި، ސްޓަޑީ ޓުއާތައް އަދި ފީލްޑް ޓްރިޕްތަކާގުޅޭ ކަންކަން ރާވައި، މި ކަންކަމާގުޅޭ އެންމެހާ މަސައްކަތްތައްކުރުމާއި ކުރުވުން.
  6. ދިވެހި ސިވިލް ސަރވިސްގެ މަސައްކަތްތަކާއި ޚިދުމަތް ހަރުދަނާކުރުމަށް ބޭނުންވާނެ ތަމްރީން ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތައް ހިންގުމަށް ޓަކައި އެހީއާއި ވަޞީލަތްތައް ހޯދުމަށް މަސައްކަތްކުރުމާއި، ތަމްރީން ޕްރޮގްރާމްތަކަށް މީހުން ފޮނުވުމުގެ އެންމެހައި އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތްކުރުމާއި ކުރުވުން.
  7. ބައިނަލްއަޤުވާމީ ފަރާތްތައް ހިމެނޭހެން އެކްސްޓަރނަލް ސްޓޭކްހޯލްޑަރުންނަށް ހުށަހެޅުމަށް ޓަކައި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ޕްރޮޖެކްޓް ޕްރޮޕޯޒަލްތައް އެކުލަވާލުމާއި އެ ޕްރޮޖެކްޓްތަކާއި ޕްރޮގްރާމުތަކަށް ފައިސާގެ އެހީއާއި އެހެނިހެން ޓެކްނިކަލް އެހީ ހޯދައިދިނުމަށް ޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުމާއި ކުރުވުން.
  8. ކޮމިޝަނާއި ބައިނަލްއަޤުވާމީ އަދި ޤައުމީ ޖަމްއިއްޔާތަކާއި އަދި އެނޫން ވެސް ސްޓޭކްހޯލްޑަރުންނާއެކު ގުޅުންބަދަހިކުރުމަށާއި، އެއްބާރުލުން އިތުރުކުރުމަށް ފަހުމުނާމާ (މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ.)) އެކުލަވާލުމާއި އެ ފަދަ އެމް.އޯ.ޔޫތައް ތަންފީޒުކޮށް ބެލެހެއްޓުމާއި، ގަވާއިދުން ރިވިއުކުރުމުގެ މަސައްކަތް އަމަލީގޮތުން ކުރުމާއި، މި ފަހުމުނާމާތަކާގުޅިގެން ކުރަންޖެހޭ އެންމެހާ ކަންތައް ކުރުމާއި އެ ފަހުމުނާމާތަކުގެ މުއްދަތު ބަލަހައްޓައި އެކަމުގެ އަޕްޑޭޓް ކޮމިޝަނާ ހިއްސާކުރުމާއި، މުއްދަތު އިތުރުކުރަން ކޮމިޝަނުން ކަނޑައަޅާ ފަހުމުނާމާގެ މުއްދަތު އިތުރުކުރުމުގެ މަސައްކަތް އަމަލީގޮތުން ކުރުމާއި، އެކަމުގެ އަޕްޑޭޓް ގަވާއިދުން ސެކްރެޓަރީ ޖެނެރަލްއަށް ނުވަތަ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތު އަދާކުރާ ފަރާތަކަށް ދެމުން ގެންދިޔުން.
  9. ކޮމިޝަނުގެ ފަރާތުން ސޮއިކުރަން ކަނޑައަޅާ އެމް.އޯ.ޔޫ ފަދަ އެއްބަސްވުންތަކުގެ ތެރެއިން އާންމު އެމް.އޯ.ޔޫތަކުގައި ސޮއިކުރުމާބެހޭ ކަންތައްތައް ބެލެހެއްޓުމާއި، ކޮމިޝަނާއި ބައިނަލްއަޤުވާމީ އަދި ޤައުމީ ޖަމްއިއްޔާތަކާއި އަދި އެނޫން ވެސް ސްޓޭކްހޯލްޑަރުންނާއެކު ގުޅުން ބަދަހިކުރުމަށާއި، އެއްބާރުލުން އިތުރުކުރުމަށް ބާއްވާ ބައްދަލުވުންތަކުގެ އިދާރީ އިންތިޒާމް ހަމަޖައްސައި، ބައްދަލުވުމަށް ތައްޔާރުވުމުގެގޮތުން ތައްޔާރުކުރަންޖެހޭ އެންމެހާ ލިޔެކިޔުންތަކާއި ޓޯކިން ޕޮއިންޓް ދުރާލާ ތައްޔާރުކުރުމާއި، މި ފަދަ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ގަވާއިދުން ބެލެހެއްޓޭކަން ކަށަވަރުކުރުން.
  10. ކޮންމެ އަހަރަކު ކޮމިޝަނަރސް ބިއުރޯއާއި ބިއުރޯގެ ދަށުން ހިނގަމުންދާ ޔުނިޓްތަކުގެ އެނުއަލް ވަރކްޕްލޭން ތައްޔާރުކޮށް، އެއާ އެއްގޮތަށް މަސައްކަތްތައް ކުރިޔަށްގެންދިޔުން. މިގޮތުން ކޮމިޝަނުގެ އިދާރާގެ މަސައްކަތްތަކާ ގުޅޭގޮތުން ބައިނަލްއަޤުވާމީ ފަރާތްތައް ހިމެނޭހެން އެކްސްޓަރނަލް ސްޓޭކްހޯލްޑަރުންނާ ގުޅުންބަދަހި ކުރުމަށް ޓަކައި ކުރަންޖެހޭ ކަންކަން އެނުއަލް ވަރކްޕްލޭންގައި ހިމަނައި އެއާ އެއްގޮތަށް މަސައްކަތްތައް ކުރިޔަށްގެންދެވޭކަން ކަށަވަރުކުރުން.
  11. ކޮމިޝަނުގެ މެންބަރުންނާ އަދި ކޮމިޝަނުގެ ބައްދަލުވުންތަކާ ގުޅޭ ގަވާއިދުތަކާއި، އުސޫލުތަކާއި ސްޓޭންޑަރޑް އޮޕަރޭޓިން ޕްރޮސީޖަރތަކާއި ގައިޑްލައިންތައް އަދި ސަރވިސް ސްޓޭންޑަރޑްތައް އެކުލަވާލުމާއި، ގަވާއިދުން މި ތަކެތި ރިވިއުކޮށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އަދާހަމަކޮށް ބެލެހެއްޓޭކަން ކަށަވަރުކުރުން.
  12. ކޮމިޝަނަރސް ބިއުރޯއާއި ބިއުރޯގެ ދަށުން ހިނގަމުންދާ ޔުނިޓްތަކުގެ އަހަރީ ބަޖެޓް  އަދި އަހަރީ ސްޓްރެޓެޖިކް ޕްލޭން އަދި އެކްޝަން ޕްލޭން އެކުލަވާލުން.
  13. ކޮމިޝަން މެންބަރުން ރަސްމީގޮތުން އަތޮޅުތަކަށާއި، ރާއްޖެއިން ބޭރަށްކުރާ ދަތުރުތަކުގެ އިންތިޒާމާއި، ޕްރޮޓޮކޯލް ހަމަޖެއްސުން.
  14. ކޮމިޝަނުގެ ބައްދަލުވުންތައް އިންތިޒާމްކުރުމާއި، މި ބައްދަލުވުންތަކުގެ އިދާރީކަންކަން ބަލަހައްޓައި، ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓޭކަން ކަށަވަރުކުރުން.
  15. ކޮމިޝަނުން ނިންމާ ނިންމުންތައް ޑޮކިއުމެންޓްކޮށް އަމަލުކުރުމަށާއި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާގުޅޭ ޑިވިޜަން، ސެކްޝަން، އަދި ޔުނިޓްތަކަށް ލަސްނުކޮށް ފޮނުވުމާއި، ނިންމުންތައް ފަސޭހައިން ފެންނާނެހެން ބެލެހެއްޓޭކަން ކަށަވަރުކުރުން.
  16. ކޮމިޝަން މެންބަރުންނާއި ސެކްރެޓަރީ ޖެނެރަލްގެ އިދާރީ އެންމެހާ ކަންތައްތައް ބެލެހެއްޓުމާއި، އަމަލީގޮތުން ކުރުން.
  17. ސިވިލް ސަރވިސް އެޑްވައިޒަރީ ކޮމިޓީއާއި އެޑްވައިޒަރީ ކޮމިޓީގެ ސަބް ކޮމިޓީތަކުގެ ބައްދަލުވުންތަކުގެ އެންމެހާ އިދާރީކަންކަން އިންތިޒާމުކޮށް، އެ ބައްދަލުވުންތައް ބޭއްވުމާއި، އެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުމާއި، އެ ބައްދަލުވުންތަކުގެ އިދާރީ ކަންކަން ބެލެހެއްޓުމުގެ މަސައްކަތްތައްކުރުމާއި ކުރުވުން.
  18. ސިޓީ، އަތޮޅު، އަދި ރަށު ކައުންސިލުތަކުގެ ސެކްރެޓަރީ ޖެނެރަލުންގެ ބައްދަލުވުންތައް އިންތިޒާމުކޮށް ބޭއްވުމާއި، މި ބައްދަލުވުންތަކުގެ އެންމެހާ އިދާރީކަންކަން އަމަލީގޮތުން ކުރުމާއި، ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުމާއި އެ ބައްދަލުވުންތަކުގެ އިދާރީ އެންމެހާ ކަންތައްތައް ކުރުމާއި ކުރުވުން.
  19. ކޮމިޝަނުގެ މެންބަރުންނާއި ސެކްރެޓަރީ ޖެނެރަލްގެ އެޕޮއިންޓްމަންޓް ބައްދަލުވުންތަކާއި، ކޮމިޝަން މެންބަރުންގެ އެދިވަޑައިގަތުމަށް ބާއްވާ ބައްދަލުވުންތަކާބެހޭ އެންމެހާ އިދާރީ ކަންތައްތައް ކުރުމާއި، މި ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓޭކަން ކަށަވަރުކުރުން.
  20. ކޮމިޝަނުގެ ބައްދަލުވުންތައް އިންތިޒާމްކުރުމާއި، މި ބައްދަލުވުންތަކުގެ އިދާރީކަންކަން ބަލަހައްޓައި، ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓޭކަން ކަށަވަރުކުރުން.
  21. ކޮމިޝަންގެ ރަސްމީ އަދި ނުރަސްމީ ބައްދަލުވުންތަކުގެ ސެކްރެޓޭރިއޭޓް ބެލެހެއްޓުމާއި އެ ބައްދަލުވުންތަކުގެ އިދާރީ މަސައްކަތްތައްކުރުމާއި ކުރުވުން.
  22. ކޮމިޝަން މެންބަރުންގެ އިދާރީ ކަންތައްތައް ބެލެހެއްޓުމުގެ އެންމެހާ ކަންކަން އަމަލީގޮތުން ކުރުމާއި ކުރުވުން.
  23. ކޮމިޝަނަށް އެކި ފަރާތްތަކުން ފޮނުވާ ލިޔެކިޔުންތަކާއި ދައުވަތުކާޑުތައް ބަލައިގަނެ، އެފަދަ ލިޔެކިޔުންތައް ކަމާގުޅޭ ކޮމިޝަން މެންބަރުންނަށް ފޮނުވުމާއި، ކޮމިޝަން މެންބަރުންގެ ލަފާފުޅު މަތިން އެފަދަ ލިޔެކިޔުންތައް ކޮމިޝަންގެ އިދާރާގެ ކަމާގުޅުންހުރި ވެރިންނަށް ފޮނުވޭކަން ކަށަވަރުކުރުން.
  24. ކޮމިޝަންގެ މެންބަރުން ބައިވެރިވާ ޖަލްސާތަކުގެ މާލަންތަކުގެ އިންތިޒާމްތައް ގަވައިދުން ހަމަޖެހިފައި ހުރޭތޯ ދުވަހުންދުވަހަށް ޔަގީންކުރުން.
  25. ކޮމިޝަނަރސް ބިއުރޯއާއި ބިއުރޯގެ ދަށުން ހިނގަމުންދާ ޔުނިޓްތަކަށް ބޭނުންވާ ލިޔެކިޔުމާގުޅޭ ސާމާނު ކަމާބެހޭ ފަރާތްތައް މެދުވެރިކޮށް ހޯދުމާއި، ކޮމިޝަނަރސް ބިއުރޯގެ ފްރަންޓް އޮފީސް ބެލެހެއްޓުމުގެ އިންތިޒާމްތައް ކުރުމާއި ކުރުވުން.
  26. ސެކްރެޓަރީ ޖެނެރަލް ނުވަތަ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތު އަދާކުރާ ފަރާތުން ޙަވާލުކުރާ މަސައްކަތްތައްކުރުމާއި  ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތު އަދާކުރާ ފަރާތުގެ އިރުޝާދު ހޯދަންޖެހޭ ޙާލަތްތަކުގައި ސެކްރެޓަރީ ޖެނެރަލްގެ ލަފަޔާއި އިރުޝާދުހޯދުން.

މަޤާމުގެ ޝަރުޠުތައް:

މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަން ރޮނގުން މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަންސް ފްރޭމްވޯރކްގެ ލެވަލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން،

ނުވަތަ

މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަން ރޮނގުން މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަންސް ފްރޭމްވޯރކްގެ ލެވަލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސަރުކާރުގައި، ނުވަތަ ޕަބްލިކް ނުވަތަ ޕްރައިވެޓް ސެކްޓަރގައި، ނުވަތަ ގައުމީ ނުވަތަ ބައިނަލްއަގްވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި 2 އަހަރުދުވަހު މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަން ދާއިރާއިން މަސައްކަތު ތަޖުރިބާ ލިބިފައިވުން،

ނުވަތަ

މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަންސް ފްރޭމްވޯރކްގެ ލެވަލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސަރުކާރުގައި، ނުވަތަ ޕަބްލިކް ނުވަތަ ޕްރައިވެޓް ސެކްޓަރގައި، ނުވަތަ ގައުމީ ނުވަތަ ބައިނަލްއަގްވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި 3 އަހަރުދުވަހު މަސައްކަތްކޮށް،   މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަން ދާއިރާއިން ތަޖުރިބާ ލިބިފައިވުން،

ނުވަތަ

މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަންސް ފްރޭމްވޯރކްގެ ލެވަލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސަރުކާރުގައި، ނުވަތަ ޕަބްލިކް ނުވަތަ ޕްރައިވެޓް ސެކްޓަރގައި، ނުވަތަ ގައުމީ ނުވަތަ ބައިނަލްއަގްވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި 6 އަހަރުދުވަހު މަސައްކަތްކޮށް،   މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަން ދާއިރާއިން ތަޖުރިބާ ލިބިފައިވުން،

ނުވަތަ،

CSC5-2 ގްރޭޑްގައި 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުމާއެކު މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން އެންމެ ފަހުން މި ގްރޭޑްގައި ވަޒީފާއަދާކުރި 2 އަހަރު %85 ނުވަތަ އެއަށްވުރެ މަތިން ޕޮއިންޓް ހޯދާފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ލިބެންހުންނާނެއެވެ).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) ކޮމިޝަނުގެ ވަޒީފާތަކަށް އެދި ހުށަހަޅާ ރާއްޖެއިން ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒުތަކުގެ ތައުލީމީ ސެޓުފިކެޓުތަކަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ ސެޓްފިކެޓްތަކަކަށް ވާންވާނެއެވެ. މިގޮތުން، ދަރިވަރު ކިޔަވާފައިވަނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ކަމުގައިވީނަމަވެސް، ދަރިވަރު ކިޔަވާފައިވާ ކޯހުގެ ސެޓްފިކެޓް އެވޯޑިން ބޮޑީއަކީ ރާއްޖެއިން ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒެއްނަމަ، އެ ސެޓްފިކެޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ ސެޓްފިކެޓަކަށް ވާންވާނެއެވެ. އަދި ކޯސް ފުރިހަމަކުރިކަމުގެ ލިޔުން ހުށަހަޅާ ނަމަ، ފުރިހަމަކޮށްފައިވާ ކޯހުގެ ފެންވަރު ބަޔާންކޮށް އެ އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓް ހުށަހަޅަން ވާންވާނެއެވެ.

(ށ) ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން "ބެޗް ވެލިޑޭޓް" ކޮށް ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ސިޓީ ނަންބަރާއި ތާރީހު ހިމަނާފައިވާނަމައެވެ..

  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: 

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

7. މަސައްކަތުގެ ތަޖުރިބާގެ މުއްދަތު ހިސާބުކުރާނެ ގޮތާއި ޕޮއިންޓްދެވޭނެ ގޮތް "ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ ވަޒީފާތަކަށް މީހުން ހޯދުމާއި އައްޔަނުކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް 2022 ފުރަތަމަ އިސްލާހު" ގައި ބަޔާންކުރެވިފައިވާނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. އަސާސީ ޝަރުޠު ހަމަވުން (30 އިންސައްތަ)
  2. އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު (5 އިންސައްތަ)
  3. އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ މަސައްކަތާ ގުޅޭ ތަޖުރިބާ (5 އިންސައްތަ)
  4. އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް) (15 އިންސައްތަ)
  5. އިންޓަރވިއު (ޕްރެޒެންޓޭޝަނާއެކު) (45 އިންސައްތަ)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 14 އޮގަސްޓު 2025 ވާ ބުރާސްފަތި ދުވަހުގެ 23:59 ގެ ނިޔަލަށް، ސިވިލް ސަރވިސް ކޮމިޝަނުގެ ހިއުމަން ރިސޯސް ސެކްޝަނުގެ އީމެއިލް އެޑްރެސް [email protected]  މެދުވެރިކޮށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު، އިމްތިޙާނު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލްސް އޮންނާނީ 17 އޮގަސްޓު 2025 އާ 18 ސެޕްޓެންބަރު 2025 އާ ދެމެދުއެވެ. ޕްރެކްޓިކަލްސް އަދި އިންޓަރވިއު އޮންނާނީ ސިވިލް ސަރވިސް ކޮމިޝަނުގައެވެ. ވުމާއެކު، އެ މުއްދަތުގައި އިންޓަރވިއު އާއި ޕްރެކްޓިކަލްސް އަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިއުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި ވަޒީފާއަށް ކުރިމަތިލި ފަރާތްތަކުގެ ސްކްރީނިންގ މަރުހަލާގެ ނަތީޖާ ޝީޓު އާއްމު ކުރެވޭނެއެވެ. އަދި އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2ޝީޓް)"  އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތް ނަމަ ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3307357/3307358 ނަންބަރު ފޯނާ ނުވަތަ އެޗް.އާރު. ހޮޓްލައިން 7598991 މޮބައިލަށެއެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. އިތުރު މައުލޫމާތު ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

31 ޖުލައި 2025
ހޯދާ