ގަން ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ގަމު ރީޖަނަލް ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރުގެ އެލްމުނިއަމް ދޮރުތަކުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

ގަމު ރީޖަނަލް ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރުގެ އެލްމުނިއަމް ދޮރުތަކުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މި މަސައްކަތުގެ ސައިޓް ވިޒިޓްގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 31 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 17:00 އަށް ގަމު ރީޖަނަލް ހޮސްޕިޓަލުގެ އޯ.ޕީ.ޑީ ކައުންޓަރަށް ހާޒިރުވުމަށް ދަންނަވަމެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 02 އޯގަސްޓު 2025 ވާ ހޮނިހިރު ދުވަހުގެ 11:00 އަށް މިއިދާރާގެ މީޓިންގ ރޫމަށް ކޯޓޭޝަން ހުށަހެޅުމަށް ހާޒިރުވުމަށް ދަންނަވަމެވެ. އަދި ގަޑިޖެހިގެން ވަޑައިގަންނަވާ ބޭފުޅުންގެ ކޯޓޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. ކޯޓޭޝަން ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. މިމަސައްކަތަށް ކުރިމަތި ލެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގައި ރަޖިސްޓަރީކުރެވިފައިވާ ވިޔަފާރިތަކަށެވެ.

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ ރަސްމީ ގަޑީގައި މި އިދާރާގެ ނަންބަރު 6805905 އަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.

31 ޖުލައި 2025
ހޯދާ