ދިވެހިރާއްޖެ
ދިވެހިރާއްޖެ،
ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑިސެންޓަރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓްP177040
ގްރާންޓް ނަންބަރު : E047-MV
މަސައްކަތުގެ ބާވަތް: ޕްރޫފް އޮފް ކޮންސެޕްޓް (ޕީއޯސީ) - ސޮފްޓްވެއަރ-ޑިފައިންޑް ވައިޑް އޭރިއާ ނެޓްވޯކް (އެސްޑީ-ވޭން) އިމްޕްލިމެންޓޭޝަން
ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އިން ވޯލްޑް ބެންކްގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑިސެންޓަރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓުން، ޤައުމީ ކޮމްޕިއުޓަރ ވިއުގައިގެ ޚިދުމަތް (ކަވަރޭޖް) އިތުރަށް ފުޅާކުރުމަށާއި، މި ވިއުގައިގެ ވިލުންތެރިކަން އިތުރުކުރުމަށް، ސޮފްޓްވެއަރ ޑިފައިންޑް ވައިޑް އޭރިއާ ނެޓްވޯކް (އެސްޑީވޭން) ޓެކްނޯލޮޖީ ބޭނުންކޮށްގެން، ރާއްޖޭގެ އެކި ސަރަހައްދުގައި ޤާއިމްކޮށްފައިވާ އިދާރާތަކުގައި ހުރި އިންޓަރނެޓް ބޭންޑްވިތް ކެޕޭސިޓީއަށް ބިނާކުރުމުގެ މަސައްކަތުގެ ތެރެއިން ޕްރޫފް އޮފް ކޮންސެޕްޓް (ޕީ.އޯ.އެސް) ހެދުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް 2025 ޖުލައި 17 ވަނަ ދުވަހު ކޮށްފައިވާ ނަންބަރު (IUL)10-DMADD/10/2025/107 އިއުލާނަށް "ޕްރޮޕޯސަލް" ހުށަހެޅުމުގެ މުއްދަތު 2025 އޮގަސްޓް 19 ވަނަ ދުވަހުގެ 10:00ގެ ނިޔަލަށް އިތުރު ކޮށްފައިވާކަން ދެންނެވީމެވެ.
ވީމާ، ޝައުޤުވެރިވާ ފަރާތްތަކުން 2025 އޮގަސްޓް 19 ވަނަ ދުވަހުގެ 10:00 ގެ ކުރިން، " ޕްރޮޕޯސަލް" ތިރީގައިވާ އެޑްރެހަށް ހުށަހެޅުން އެދެމެވެ. " ޕްރޮޕޯސަލް" ޕޯސްޓް މެއިލް ނުވަތަ އީމެއިލް މެދުވެރިކޮށްވެސް ހުށަހެޅިދާނެއެވެ.
ޕްރޮޖެކްޓް މެނޭޖަރ
ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑިސެންޓަރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓް،
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ،
ކަލާފާނު ހިނގުން، މާލެ 20064، ދިވެހިރާއްޖެ.
އީމެއިލް:[email protected]
ވެބްސައިޓް: www.environment.gov.mv
ފޯނު ނަންބަރު: +(960)330-2253