އަރިއަތޮޅު ދެކުނުބުރީ މާމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގައި ދިރިއުޅޭކަމުގެ ލިޔުން ދޫކުރުމާއިގުޅޭ

       މިކައުންސިލްގެ ނަންބަރ: IUL)356/356/2025/64) (23 ޖުލައި 2025) އިޢުލާނުން،  ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށައެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯއްޗަށް އެދި ހުށައަޅާ ފޯމާއެކު ހުށައަޅަންޖެހޭ ލިޔުންތަކުގެ ތެރޭގައި ރަށުގައި ދިރިއުޅޭކަމުގެ ލިޔުން ހިމެނެއެވެ. އެހެންކަމުން ރަށުގައި ދިރިއުޅޭކަމުގެ ލިޔުން ހޯދުމަށްއެދި ވަރަށް ގިނަ ފަރާތްތަކުން މިކައުންސިލަށް ސިޓީ ހުށައަޅަމުން ގެންދާކަން ފާހަގަކުރަމެވެ. ނަމަވެސް މިސިޓީތަކާއި އެކު އެފަރާތްތަކުން ރަށުގައި ދިރިއުޅެމުންގެންދާކަން އަންގައިދޭ އެއްވެސް ކިތާބީ ހެއްކެއް ހުށައަޅާފައިނުވާކަން ފާހަގަކުރަމެވެ.  

       ވީމާ، ރަށުގައި ދިރިއުޅޭކަމުގެ ލިޔުން ހޯދުމަށް އެދި މިކައުންސިލަށް ސިޓީ ހުށައަޅުއްވަންވާނީ ތިރީގައި މިދަންނަވާގޮތަށެވެ. އަދި ހުށައަޅުއްވާ ސިޓީގައި ގުޅޭނޭ މޯބައިލް ނަންބަރު ހިމަނާފައި އޮންނަންވާނެއެވެ.

1-      ވަޒީފާ އަދާ ކުރާ ފަރާތެއްނަމަ، ވަޒީފާ އަދާ ކޮށްފައިވާ މުއްދަތު އެނގޭގޮތަށް ވަޒީފާ އަދާ ކުރަމުންގެންދާ ތަނުގެ ލިޔުމެއް

2-      އެއްވެސް ތަނެއްގައި ވަޒީފާ އަދާ ނުކުރާފާތެއް ނަމަވެސް ސްކޫލްގައި ކިޔަވަމުންގެންދާ ދަރިންތިބިނަމަ ސްކޫލްގައި ކިޔަވަމުންގެންދާ މުއްދަތު އެނގޭނެ ފަދަ ލިޔުމެއް

3-      ވަޒީފާއެއް އަދާކުރަމުންނުގެންދާ އަދި ސްކޫލްގައި ދަރިއަކު ކިޔަވަމުން ނުދާ ފަރާތްތަކުން ރަށުގައި ދިރިއުޅޭކަމުގެ ލިޔުން ހޯދުމަށް އެދި މިކައުންސިލަށް ސިޓީ ހުށައަޅުއްވަންވާނީ، އެ ފަރާތެއް މިރަށުގައި ދިރިއުޅުނު މުއްދަތު ބަޔާންކޮށް މިކަން އެނގޭނޭ 2 ހެކިންގެ އައި.ޑީ.ކާޑް ގެ ކޮޕީ އާއި އެކުގައެވެ. އަދި  އެފަރާތް މިރަށުގައި ދިރިއުޅެމުން ގެންދާކަން އަންގައިދޭ ބަޔާނުގައި ކައުންސިލްގެ ހާޟިރުގައި މިދެ ހެކިން ސޮއިކޮށް އިނގިލީގެ ނިޝާން ނެގޭނެއެވެ.

31 ޖުލައި 2025
ހޯދާ