އަރިއަތޮޅު ދެކުނުބުރީ މާމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ. މާމިގިލީ ބަނދަރު ސަރަޙައްދުގައި ރަށުގެ ނަމާއި ވޭލްޝާކް ޑިޒައިންކޮށް އަދި ބީ.އޯ.ކިއު ހެދުން

ބަނދަރު ސަރަޙައްދުގައި ރަށުގެ ނަން "އ.ދ މާމިގިލި" ޖެހުމަށާއި ވޭލްޝާކް ހެދުމަށްޓަކައި ރަށުގެ ނަމާއި ވޭލްޝާކްޑިޒައިންކޮށް، އާކިޓެކްޗަރަލް ޑްރޯވިން އާއި ބީ.އޯ.ކިއުގެ މަސައްކަތް ކޮށްދޭނެފަރާތެއް ހޯދަން ބޭނުންވެއްޖެ އެވެ.

މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެ ލައްވާފަރާތްތަކުން މިކައުންސިލްގައި ރަޖިސްޓްރީ ކުރުމަށް ތިރީގައި ދެންނެވިފައިވާ މަޢުލޫމާތުތައް މެއިލް ކުރެއްވުމުން މަސައްކަތްތުގެ މަޢުލޫމާތު ހިއްސާ ކޮށްދެވޭނެވެއެވެ. މަޢުލޫމާތުތައް މެއިލް ކުރާނީ މިއިދާރާގެ [email protected]  މެއިލް އަށެވެ. ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު އޮންނާނީ 2025 ޖުލައި 31 އިން 2025 އޮގަސްޓު 07 ވަނަ ދުވަހާ ހަމައަށެވެ. އަންދާސީ ހިސާބު ހުށައަޅުއްވާނީ 2025 އޮގަސްޓް 11 ވަނަ ދުވަހުގެ 13:00ށް އދ.މާމިގިލީ ކައުންސިލްގެ އިދާރާއަށެވެ. އަގު ހުށައަޅާ ފޯމް އަދި މަޢުލޫމާތު ކަރުދާސް މެއިލް ކުރެވޭނީ ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް އެކަންޏެވެ.

  • ކޮމްޕެނީގެ ނަން:
  • ގުޅޭނޭ ފަރާތެއްގެ ނަން:
  • ފޯން ނަންބަރ:
  • އީމެއިލް އެޑްރެސް:
  • ކޮމްޕެނީ ނުވަތަ ވިޔަފާރީގެ ހުއްދައިގެ ކޮޕީ:

      މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ .    

30 ޖުލައި 2025
ހޯދާ