ދިވެހިރާއްޖެ
އިޢުލާން
ދ އަތޮޅު ކައުންސިލަށް 5 ބަގީ އަދި 6 ރަށު ޕިކަޕު ފޯރުކޮށްދޭނެ ފަރާތެއް ހޯދުން
ދ އަތޮޅު ކައުންސިލަށް 5 ބަގީ އަދި 6 ރަށު ޕިކަޕު ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މައުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ބިޑްގައި ރަޖިސްޓަރ ވުމަށް: https://forms.office.com/r/6ZkbXQSwbC
ތަފްސީލް |
ތާރީޚް |
ގަޑި |
ރަޖިސްޓަރ ވުމުގެ ސުންގަޑި |
07 އޮގަސްޓް 2025 - ބުރާސްފަތި |
11:00 |
ސުވާލު ފޮނުވުމުގެ ސުންގަޑި އީމެއިލް: [email protected] |
05 އޮގަސްޓް 2025 - އަންގާރަ |
11:00 |
ބީލަންތައް ހުޅުވުން |
12 އޯގަސްޓް 2025 - އަންގާރަ |
11:00 |
ތަން: ދ އަތޮޅު ކައުންސިލް އިދާރާގެ މީޓިންގ ރޫމް |
||
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި ގުޅުއްވާނީ 9978171 އަށެވެ. |
ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތައް އަދި މިބީލަމުގައި ރަޖިސްޓަރވެފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެއް ބީލަމެވެ.
މިމަސައްކަތާއި ބެހޭ މައުލޫމާތު މި އިދާރާގެ ވެބްސައިޓް https://dhaal.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މައުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތީލާ ފަރާތުގެ ޒިންމާއެކެވެ.
30 ޖުލައި 2025