މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސިނާއީ ސަރަހައްދުން ކުއްޔަށް ބިން ދޫކުރުން

 

މިރަށު ލޭންޑް ޔޫސް ޕްލޭންގައި ހިމެނޭ ސިނާއީ ސަރަހައްދުން، އޮޑިދޯނިފަހަރު ބަނުމާއި މަރާމާތުކުރުމަށް ދިގު މުއްދަތަށް ކުލީ ބިން ދޫކުރުމަށް ހަމަޖެހިފައިވާތީ، މިކަމަށް ޝައުގުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

  1. ބިޑް އުސޫލުން ކުލީބިން ހޯދަން އެދޭ ފަރާތްތަކުން ތިރީގައިވާ ލިންކުން ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ ކުރަންވާނެއެވެ. ބީލަމުގައި ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރު ކުރުމަކީ ރަޖިސްޓްރީ ކުރުމަށް ހުށަހަޅުއްވާ ފަރާތުގެ ޒިންމާއެކެވެ.

ލިންކް: https://forms.gle/QGeieb1ixbVcsT5VA

  1. ބިޑްގައި ރަޖިސްޓްރީވެވޭނެ އެންމެ ފަހު ތާރީހަކީ 2025  އޮގަސްޓް 28 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 އެވެ.  ބީލަން ރަޖިސްޓްރީކުރުމަށް ދެވިފައިވާ ގަޑީގެ ފަހުން ރަޖިސްޓްރީވާ ފަރާތްތަކުގެ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ބީލަންވެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
  2. ބީލަން ހުށަހެޅުން އޮންނާނީ 2025 ސެޕްޓެމްބަރު 1 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި ޤުރްއާނާއި ބެހޭ މަރުކަޒު އަލިފުށި ގޮފީގައެވެ.
  3. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް [email protected] އީމެއިލްކުރެއްވުން އެދެމެވެ.

            މިހެންވެ، މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.

30 ޖުލައި 2025
ހޯދާ