ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޅުމަޑުލު މަޑިފުށީގައި ސީސީޓީވީ ހަރުކުރުމަށް 2 ވަނަ ފިޔަވައްސަށް ބޭނުންވާ ސާމާނު ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ(ދެވަނަ އިޢުލާން)

ކޮޅުމަޑުލު މަޑިފުށީގައި ސީސީޓީވީ ހަރުކުރުމަށް ދެވަނަ ފިޔަވައްސަށް ބޭނުންވާ ސާމާނު ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި (IUL)384/384/2025/42 ނަމްބަރ އިޢުލާނާއި ގުޅިގެން ލިބިފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ އަލުން މިތަކެތި ފޯރުކޮށްދޭނެ ފަރާތާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި ތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 5 އޮގަސްޓް 2025  އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ރަޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރެއްވުން އެދެމެވެ. މިއިޢުލާނާއި ގުޅޭ މަޢުލޫމާތު ޝީޓް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. ބިޑް ހުށައެޅުން އޮންނާނީ 07 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

ރެޖިސްޓްރޭޝަން ފޯމް: https://forms.office.com/r/fiwamt9BZH

 

މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުމަށް މިއިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ.

30 ޖުލައި 2025
ހޯދާ