ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުއް ނިއުމާ ތަޅާލައި ގާތަށް އުކުމާ، ނަރަވާމިސްކިތު ކުރަންހުރި މަރާމާތާބެހޭ.

         މިއިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް މަސްޖިދުއް ނިއުމާ މިސްކިތްތަޅާލައި ގާތަކާ އެނޫންވެސް ހުރިހާ އުކާލަން ޖެހޭ ތަކެތި ކައުންސިލުން ދައްކާތަނަކަށް އުކާލުމާ، ނަރަވާ މިސްކިތު ގަބުރުސްތާނު ސާފުކުރުމާ، ބައެއް މަރާމާތު މަސައްކަތް ކޮއްދޭނެފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

         ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް އެދިލައްވާ ފަރާތްތަކުން 5 އޮގަސްޓް 2025 ވަނަދުވަހުގެ 10:30 އަށް މިއިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު 12 އޮގަސްޓް 2025 ވަނަދުވަހުގެ 10:30 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

         މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާނު ކުރީމެވެ.

                05 ޞަފަރު 1447 

30 ޖުލައި 2025
ހޯދާ