މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

 ލާރނިންގ އެންޑް ޑިވެލޮޕްމަންޓް ސްޕެޝަލިސްްޓް

މަޤާމް

 01

ބޭނުންވާ ޢަދަދު

 މަހަކު -/7600 ރުފިޔާ

މުސާރަ

- މަންތްލީ ފިކްސްޑް އެލަވަންސް -/4650 ރުފިޔާ (ފިކްސްޑް)

- ސަރވިސް އެލަވަންސް -/80 ރުފިޔާ (މަސައްކަތަށް ހާޟިރުވާ ދުވަހަކަށް)

- ސްކިލްސް އިން ޑިމާންޑް އެލަވަންސް -/9000 (ފިކްސްޑް)

- މުވައްޒަފުންނަށް ކުންފުނިން ފަހިކޮށްދޭ މެޑިކަލް ހެލްތް އިންޝުއަރެންސް.

- ވަޒީފާއާބެހޭ ގާނޫނުގެ ދަށުން މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

- ސެޓްފިކެޓް ލެވަލް 7 އަދި 8 އަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން އެޑިއުކޭޝަނަލް އެލަވަންސް.

އެހެނިހެން އިނާޔަތްތައް

- މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުމާއި އެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން 02 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 ނުވަތަ

- ޑިގްރީ ހާސިލުކޮށްފައިވުމާއި އެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން 04 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ޝަރުތު

- ޓްރެއިނިންގ ސެންޓަރުގެ ބްރޭންޑް ތައްޔާރުކޮށް ޕޯޓް ޓްރެއިނިންގ ސެންޓަރގެ ޕްރޮގްރާމްތައް ކުންފުނީގެ މާރކެޓިންގ ޑިޕާޓްމަންޓާއި ގުޅިގެން އިޝްތިހާރުކޮށް، މި ޕްރޮގްރާމްތަކަށް ސްޕޮންސަރޝިޕް ހޯދުން. އަދި ސްޓޭކްހޯލްޑަރުންގެ ބައި-އިން ހޯދުމަށާއި، އިވެންޓަށް އެފަރާތްތަކުގެ ކޮމިޓްމަންޓް ހޯދުމަށްޓަކައި އެފަރާތްތަކާއި ގުޅިގެން މަސައްކަތްކުރުން.

- ކޮންމެ 2 އަހަރަކުން 1 ފަހަރު މެރިޓައިމް ކޮންފަރެންސް، އަދި ކޮންމެ 2 މަހަކުން 1 ފަހަރު ޕޯޓް ޓޯކް ރާވައި ހިންގައި  ޕްރޮމޯޓް ކުރުން.

- މަސައްކަތު މާހައުލުގައި ދިމާވާ ކަންތައްތަކާއި ބެހޭގޮތުން މުވައްޒަފުންގެ މެދުގައި މަޝްވަރާކޮށް މައުލޫމާތު ހިއްސާކުރުމަށް ބާރުއެޅުމުގެ ގޮތުން "ނޮލެޖް ޝެއަރިންގ" ޕްލެޓްފޯމެއް (ފޯރަމް، މަޝްވަރާ ބައްދަލުވުން، ވީޑިއޯ) ތަޢާރަފްކޮށް މެނޭޖްކުރުން.

- ޕޯޓް ޓްރެއިނިންގ ސެންޓަރުގެ މީޑިއާ ކޮންޓެންޓް ތައްޔާރުކުރުމާއި މީޑިޔާ ރިޕޯޓް ތައްޔާރުކުރުން.

- އެޕްރެންޓިސްޝިފް، އިންޓާންޝިޕް އަދި އޯޕަން ޑޭ، ކޮންމެ އަހަރަކު ވެސް ޕްލޭންކޮށް އިންތިޒާމްކުރުން. މި އިވެންޓުތައް ކުރިޔަށް ގެންދިޔުމުގައި ހުރިހާ ޑިޕާޓްމަންޓްތަކާއި ގުޅިގެން މަސައްކަތް ކުރުން. އިވެންޓްގެ މައުލޫމާތު ރަނގަޅަށް އިޝްތިހާރުކޮށް، ޓާގެޓް އޯޑިއަންސަށް ފޯރުކޮށްދީ، އެ ފަރާތްތަކުގެ ބައިވެރިވުން އެންމެ ފުރިހަމައަށް ކަށަވަރުކުރުން.

- ކުންފުނީގެ އޮގަނައިޒޭޝަނަލް ލަނޑުދަނޑިތަކާ އެއްގޮތްވާ ގޮތުގެ މަތިން މުވައްޒަފުންގެ ކުރިއެރުމާއި ހުނަރު އިތުރުކުރުމާއި މުވައްޒަފުން ކުރިއެރުވުމަށް އެހީތެރިވުމުގެ ގޮތުން އިންޑިވިޖުއަލް ޑިވެލޮޕްމަންޓް ޕްލޭން (އައިޑީޕީ) އެކުލަވާލައި، ތަންފީޒުކޮށް، މޮނިޓަރކުރުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު

 ދުވާލަކު 08 ގަޑިއިރު   (07:30-15:30)

މަސައްކަތްކުރަންޖެހޭ ވަގުތު

 މޯލްޑިވްސް ޕޯޓްސް ލިމިޓެޑް /  ލާރނިންގް އެންޑް ޑިވެލޮޕްމަންޓް

މަސައްކަތް ކުރަންޖެހޭ ތަން

- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

 (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ވަޒީފާގައި އުޅުނުކަމުގެ ލިޔެކިޔުންތައް

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި

- 2025 އޮގަސްޓް 05 ވާ އަންގާރަ ދުވަހުގެ 15:30ގެ ކުރިން.

ސުންގަޑި

 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2025 އޮގަސްޓް 07 އާއި 2025  އޮގަސްޓް 31 އާއި ދެމެދުގައެވެ.

އިންޓަރވިއު މުއްދަތު

- މި މަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތައް އެމް.ޕީ.އެލްގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް 2025 އޮގަސްޓް 05ވަނަ ދުވަހުގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ.

ހުށަހަޅަންޖެހޭ އޮފީސް

https://jobs.port.mv/

ޖޮބް ޕޯޓަލް ލިންކް

30 ޖުލައި 2025
ހޯދާ