މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.އަނގޮޅިތީމު ރައްޔިތުންގެދޯނި "ދުރު ރާސްތާ 10" ކުއްޔަށްދިނުމުގެ ނަންބަރު: (IUL)301/301/2025/42 ( 11 މެއި 2025) އިޢްލާނަށް އިޖާބަދީފައިނުވާތީ:

ރ.އަނގޮޅިތީމު ރައްޔިތުންގެދޯނި "ދުރު ރާސްތާ 10"   ކުއްޔަށް ދޭން ބޭނުންވާތީ މި ދޯނި ކުއްޔަށް ނެގުމަށް ބޭނުންވާ ފަރާތްތަކުން ބިޑް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.

ދޯނިކުއްޔަށް ދިނުމަށް ހަމަޖެހިފައިވަނީ މި އިދާރާއިން ކަނޑައަޅާފައިވާ ކްރައިޓީރިއާތަކަށް ބަލައިގެން ބީލަމަށް އަގު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ގިނައިން ޕޮއިންޓް ލިބޭ ފަރާތަކަށެވެ.

މި ދޯނި ކުއްޔަށްނަގަން ބޭނުންވާ ފަރާތްތަކުން ދޯނީގެ ބީލަން ފޮތް ބައްލަވައި ގަނެވޭނެ އިންތިޒާމް 03 އޮގަސްޓް 2025 ( އާދިއްތަ ) ދުވަހުން ފެށިގެން 11 އޮގަސްޓް 2025 ( ހޯމަ ) ދުވަހުގެ 11:30 އަށް ކައުންސިލް އިދާރާގައި ވަނީ ހަމަޖެހިފައެވެ. ބީލަން ފޮތެއްގެ އަގަކީ -/1500ރ (ފަނަރަ ސަތޭކަ ރުފިޔާ) އެވެ. ދޯނި ކުއްޔަށް ނެގުމަށް ބީލަންފޮތް ގަންނަ ފަރާތްތަކަށް ބޭއްވޭ ޕްރީބިޑް ބައްދަލުވުން އޮންނާނީ 12 އޮގަސްޓް 2025 (އަންގާރަ) ދުވަހުގެ 10:00 ގައި މި ކައުންސިލްގެ އިދާރާގައެވެ. ބީލަން ހުށަހެޅުން އޮންނާނީ 21 އޯގަސްޓް 2025 (ބުރާސްފަތި) ދުވަހުގެ 13:15 ގައި މި ކައުންސިލްގެ އިދާރާގެ މީޓިންގް ރޫމްގައެވެ.

މި ބީލަމާއި ގުޅިގެން ބީލަންފޮތް ބައްލަވައި ނުގަންނަ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެވާހަކަ ދަންނަވަމެވެ. މަޢްލޫމާތު ސާފު ކުރައްވަން އަދި ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތްތަކުން އެފަރާތުގެ އައިޑީކާޑުގެ އަސްލު ގެންނަންވާނެއެވެ. އެހެން އަމިއްލަ ފަރުދެއް ނުވަތަ ކުންފުންޏެއްގެ ފަރާތުން ބަދަލުގައި ޙާޒިރުވާނަމަ އެކަން އަންގައިދޭ ސިޓީއެއް ގެންނަންވާނެއެވެ. ސުރުޚީގައި ބަޔާންކޮށްފައިވާ ކުރީގެ އިޢްލާނާއިގުޅިގެން ބީލަންފޮތް ގަތްފައިވާ ފަރާތްތަކަށް މި އިޢްލާނާއިގުޅިގެން ބީލަންފޮތް ގަންނަން ނުޖެހޭނެވާހަކަ ދަންނަވަމެވެ.

30 ޖުލައި 2025
ހޯދާ