މުންޑޫ ސްކޫލް، ލ. މުންޑޫ
ދިވެހިރާއްޖެ
2026ވަނަ އަހަރު ސްކޫލަށް ކުދިން ވެއްދުމަށް ފުރުސަތު ހުޅުވާލުން

މުންޑޫ ސުކޫލް                                               

ލ. މުންޑޫ                                                  

ދިވެހި ރާއްޖެ

                                                             ނަންބަރ:GS-188/IL/2025/05

އިޢުލާން

2026ވަނަ އަހަރު ސްކޫލަށް ކުދިން ވެއްދުމަށް ފުރުސަތު ހުޅުވާލުން

                  

     2026 ވަނަ އަހަރަށް މިސްކޫލަށް އަލަށް ވަންނަން އެދޭ ދަރިވަރުންނަށް އެފުރުޞަތު މިހާރު މިވަނީ ހުޅުވާލެވިފައެވެ. ވީމާ، މިސްކޫލަށް އަލަށް ވައްދަން ބޭނުންވާ ދަރިވަރުންގެ ތިރީގައި މިދަންނަވާ ލިޔުންތަކާއިއެކު ސްކޫލަށް ވަންނަން އެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު 14 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.

ފޯމާއިއެކު ހުށަހަޅަން ޖެހޭ ލިޔުންތައް

  • ދަރިވަރުގެ އައިޑީކާޑުގެ ކޮޕީ (ދެފުށް ހިމެނޭ ގޮތަށް)
  • ދަރިވަރުގެ ވެކްސިން ކާޑުގެ ކޮޕީ
  • ދަރިވަރުގެ ސިއްޙީ އެއްވެސް މައްސަލައެއް ހުރިނަމަ، އެކަމާގުޅޭ ލިޔުންތަކުގެ ކޮޕީ
  • ބެލެނިވެރިޔާގެ އައިޑީކާޑުގެ ކޮޕީ (ދެފުށް ހިމެނޭ ގޮތަށް)

ފައުންޑޭޝަން އަށް ވައްދާނީ ތިރީގައިވާ ތާވަލުގައިވާ ގޮތައް އުމުރު ހަމަވާ ކުދިންނެވެ.

ގްރޭޑް

 

އެލް.ކޭ.ޖީ

2025 ޑިސެމްބަރ 31އަށް 4 އަހަރު ފުރި 5 އަހަރު ނުފުރުން

(ނަމަވެސް ބެލެނިވެރިޔާ އެދިއްޖެނަމަ، 2026 މާރިޗު 31ގެ ނިޔަލަށް 4 އަހަރު ފުރި 5 އަހަރު ނުފުރޭ، ނާސަރީ ފުރިހަމަކޮށްފައިވާ ކުދިންނަށް ފުރުޞަތު ދެވޭނެއެވެ.)

ޔޫ.ކޭ.ޖީ       

2025ވަނަ ދިރާސީ އަހަރު އެލް.ކޭ/ޖީ ފުރިހަމަ ކޮށް އަދި 2025 ޑިސެމްބަރ 31 އަށް 5 އަހަރު           ފުރި 6 އަހަރު ނުފުރުން

ސްކޫލަށް ވަންނަށް އެދޭ ފޯމް ސްކޫލްގެ އިދާރާއިން 2025 ޖުލައި 30 ވާ ބުދަ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރު 12:00އަށް ލިބެން ހުންނާނެއެވެ.

    ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ .                              

                                      29 ޖުލައި 2025                        

29 ޖުލައި 2025
ހޯދާ