ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
މި އޭޖެންސީގެ ދަށުން ގދ. ތިނަދޫގައި ޤާއިމްކުރެވިފައިވާ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރުގެ ކޭޓަރިންގ ޚިދުމަތް 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީ ހިސާބު ބޭނުންވެއްޖެ:

މި އޭޖެންސީގެ ދަށުން ގދ. ތިނަދޫގައި ޤާއިމްކުރެވިފައިވާ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރުގެ ކޭޓަރިންގ ޚިދުމަތް 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް  ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް 11 ޖޫން 2025 ވަނަ ދުވަހު ކުރެވުނު މި އޭޖެންސީގެ ނަންބަރު: IUL)434-PRC/434/2025/154) އިޢުލާނަށް ހުށަހެޅި އަންދާސީ ހިސާބުތައް އިޢުލާނަށް ކަނޑައެޅި ޝަރުތު ހަމަނުވާތީ ބާޠިލް ކުރެވިފައިވުމުން، ކޭޓަރިންގ ޚިދުމަތް 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

ކޭޓަރިންގ ޚިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 29 ޖުލައި 2025 ވާ އަންގާރަ ދުވަހުން ފެށިގެން 06 އޯގަސްޓް 2025 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމް ފުރުމަށްފަހު، އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. ބިޑް ރެޖިސްޓަރ ކުރައްވާފައި ނުވާ ފަރާތްތަކާއި، މަޢުލޫމާތު ދިނުމުގެ ސެޝަންއަށް ޙާޟިރުނުވާ ފަރާތްތަކާއި އަދި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް، ތިރީގައިވާ ތާވަލާއި އެއްގޮތަށް، މަޢުލޫމާތު ދިނުމާއި، އަންދާސީ ހިސާބު ހުށަހެޅުން އޮންނާނެއެވެ. މި އިއުލާނާއި ގުޅޭ ރެޖިސްޓްރޭޝަން ފޯމް، މަސައްކަތުގެ މަޢުލޫމާތު ޝީޓް އަދި އިވެލުއޭޝަން ކްރައިޓީރިއާ އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 

ތާރީޚް

ގަޑި

ތަން

މަޢުލޫމާތު ދިނުމުގެ ސެޝަން

03 އޯގަސްޓް 2025

(އާދީއްތަ)

11:00

(މެންދުރުކުރި)

ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރ / ގދ. ތިނަދޫ / ދިވެހިރާއްޖެ

އަންދާސީ ހިސާބު ހުށަހެޅުން

07 އޯގަސްޓް 2025

(ބުރާސްފަތި)

11:00

(މެންދުރުކުރި)

-      ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރ / ގދ. ތިނަދޫ / ދިވެހިރާއްޖެ

ނުވަތަ

- ނޭޝަނަލް ޑްރަގް އޭޖެންސީ ހެޑް އޮފީސް (މ. ސީޓްރެކްސް ބިލްޑިންގ / ދެވަނަ ފަންގިފިލާ  / ގުރާބުތުނޑި ހިނގުން / މާލެ / ދިވެހިރާއްޖެ)

29 ޖުލައި 2025
ހޯދާ