މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ޕުރޮޖެކްޓަކަށް ކޮންސަލްޓަންސީގެ ޚިދުމަތްދޭން ޝައުޤުވެރިވާ ފަރާތްތައް ހޯދުމާއި ބެހޭ

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

ޕުރޮޖެކްޓަކަށް ކޮންސަލްޓަންސީގެ ޚިދުމަތްދޭން ޝައުޤުވެރިވާ ފަރާތްތައް ހޯދުމާއި ބެހޭ

    މި ކުންފުނިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ)ގައި ހިންގަމުން އަންނަ "އޯލްޑް ރަަންވޭ ރިބިލްޑް" ޕުރޮޖެކްޓްއަށް ކޮންސަލްޓަންސީގެ ޚިދުމަތްދޭން ޝައުޤުވެރިވާ ފަރާތްތައް ހޯދަން ބޭނުންވެއެވެ. އެގޮތުން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި، އިމާރާތްކުރުމުގައި ގާނޫނާއި ގަވާއިދު އަދި ބައިނަލްއަގުވާމީ މިންގަނޑު ( ICAO, FAA, ACI, FIDICފަދަ)ތަކަށް ފެތޭކަން ކަށަވަރުކުރުމަށް ބޭނުންވާ އެންމެހާ ފަންނީ އިރުޝާދާއި އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ. އަދި މީގެ އިތުރުން މަސައްކަތުގެ ސައިޓުންނާއި އަދި ސައިޓުން ބޭރުން ދިމާވާ ފަންނީ މައްސަލަތައް ދެނެގަނެ އެ މައްސަލަތައް ހައްލުކުރުމުގައި ފުރިހަމަ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ. އަދި މީގެ އިތުރަށް މި މަޝްރޫޢުގެ މަސައްކަތްތައް ހިނގާ ނުހިނގާގޮތް ބަލައި، މަސައްކަތުގެ ފެންވަރާއި ސަލާމަތީ ކަންކަން ކަށަވަރުކުރުމުގެ އިތުރުން މަސައްކަތުގެ ކުރިއެރުން މޮނިޓަރުކުރުންފަދަ ކަންކަން ހިމެނެއެވެ.   

   މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2025 އޮގަސްޓު 5 ވާ އަންގާރަދުވަހުގެ ހެދުނު 10:30 ގެ ކުރިން އީމެއިލް([email protected])  މެދުވެރިކޮށްޝައުގުވެރިކަން (EOI) ފާޅުކުރުން އެދެމެވެ. ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އެފަރާތެއްގެ ފުރިހަމަ ނަމާއި އެޑްރެސް، އީމެއިލް، ގުޅޭނެ ނަންބަރުތައް އަދި ޤާބިލުކަން އަންގައިދޭ ލިޔުންތައް (ޕްރޮފައިލް، ތަޖުރިބާ ފަދަ ލިޔުންތައް) ފޯރުކޮއްދެއްވަން ވާނެއެވެ. ގަޑި ޖެހުމަށްފަހު ފާޅުކުރާ ޝައުޤުވެރިކަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

    މިކުންފުނިން ބޭނުންވެއްޖެ ހާލަތެއްގައި، ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކަށް ނުވަތަ އޭގެތެރެއިން ޝޯޓުލިސްޓް ކުރެވޭ ފަރާތްތަކަށް އަގު ހުށަހެޅުމުގެ ފުރުސަތު ފަހުން ހުޅުވާލެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337430/3337266/3337236/3337643/3337279 ، އީމެއިލް [email protected] ، ވެބްސައިޓް    www.macl.aero އަށެވެ.

 

29 ޖުލައި 2025
ހޯދާ