ދިވެހިރާއްޖެ
އިޢުލާން
މި އިދާރާގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ ވިސާ ދެއްކުމާއި ޕާސްޕޯޓާއި، ވޯކްޕާރމިޓް އާކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން.
މި އިދާރާގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ ވިސާ ދެއްކުމާއި ޕާސްޕޯޓާއި، ވޯކްޕާރމިޓް އާކުރުމުގެ މަސައްކަތް މީލާދީ 03 އަހަރު ދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރުސަތު ހުޅުވާލަމެއެވެ.
މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 29 ޖުލައި 2025 ވާ އަންގާރަވަނަ ދުވަހުން ފެށިގެން 05 އޮގަސްޓް 2025 ވާ އަންގާރަވަނަ ދުވަހުގެ މެންދުރު 13:30 ގެކުރިން [email protected] އަށް ގެޒެޓް ކުރެވިފައިވާ " ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭފޯމް " ފުރުމަށްފަހު އީމެއިލްއަށް ފޮނުއްވައިގެން ނުވަތަ މިއިދާރާއަށް ދުރުވެ ހުށަހަޅައި ރަޖިސްޓްރީ ކުރެއްވުން އެމެއެވެ.
އިޢުލާނާއި ގުޅޭ އެކި މަރުހަލާތައް ދާނެގޮތުގެ ތާވަލް:
ބީލާން ހުށަހެޅުމަށް ރަޖިސްޓްރީކުރުން: 29 ޖުލައި 2025 އިން 05 އޮގަސްޓް 2025 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް |
ބީލަން ހުށަހެޅުން: 10 އޮގަސްޓް 2025 ވަނަ ދުވަހުގެ 13:00 ގައި ގއ. ވިލިނގިލީ ކައުންސިލް އިދާރާގެ މީޓިން ރޫމްގައި |
ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއްހާޒިރުގައެވެ. ބީލަން ހުށަހެޅުމަށް ބަދަލުގައި އެހެންފަރާތެއް ފޮނުވާނަމަ، އެކަން އަންގައިދޭ ސިޓީއެއް ހުށަހަޅަންވާނެއެވެ. މިކަމާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރައްވާނަމަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ފޯނުންނަމަ 6820027 އަށް ގުޅުއްވުން އެދެމެވެ.