މާއެނބޫދޫ ސްކޫލް
ދިވެހިރާއްޖެ
މާއެނބޫދޫ ސްކޫލުގެ ގުދަން މަރާމާތު ކުރުން

    މިސްކޫލުން ދޭ މައުލޫމާތާއި އެއްގޮތަށް، މިސްކޫލުގެ ގުދަން މަރާމާތުކުރުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ  ފަރާތެއް ހޯދަންބޭނުންވެއެވެ.  ވީމާ،  މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިސްކޫލުގައި ނަންނޯޓުކުރައްވައި،  ތިރީގައި މިދަންނަވާ ދުވަސްތަކަށް މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ހުރިހައި މައުލޫމާތެއް ބިޑް ޑޮކިއުމަންޓްގައި ހިމެނިފައިވާނެއެވެ.

    މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2025 ޖުލައި 29 ން 2025 އޮގަސްޓް 05 އަށް މިސްކޫލުގެ އިދާރާއަށް ވަޑައިގަތުމުން ނަންނޯޓް ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް، މައުލޫމާތު ސާފުކުރާ ފަރާތުގެ ނަމާއި ކުންފުނި / ވިޔަފާރީގެ ނަން އަދި ގުޅޭނެ ފޯނުނަންބަރު މިސްކޫލުގެ އީމެއިލް އެޑްރެހަށް ފޮނުވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

    މައުލޫމާތު ދިނުން އޮންނާނީ 2025 އޮގަސްޓް 05 ވަނަ ދުވަހުގެ 13:45 ގައި މާއެނބޫދޫ ސްކޫލްގެ އިދާރީ އޮފީހުގައެވެ.

    މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 އޮގަސްޓް 05 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީގަޑީގައި މާއެނބޫދޫ ސްކޫލުގެ އިދާރީ އޮފީހަށް ދުރުވެ ސާފުކުރުމަށް ދަންނަވަމެވެ.

    ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2025 އޮގަސްޓް 07 ވަނަ ދުވަހުގެ 11:00 ގައި މާއެނބޫދޫ ސްކޫލުގެ އިދާރީ އޮފީހުގައެވެ.

 

މިމަސައްކަތާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މާއެނބޫދޫ ސްކޫލް

ނައިބުތުއްތުމަގު

ދ. މާއެނބޫދޫ، ދިވެހިރާއްޖެ.

ފޯން:    6760608، 7663625

އީ-މެއިލް: [email protected]

29 ޖުލައި 2025
ހޯދާ