ދިވެހިރާއްޖެ
ޑޯލްފިން ބީޗްގައި ހުރި ހަޓްތައް ނެގުމާއި ގުޅޭ
މިރަށުގައި ޓޫރިސްޓުން މޫދަށް އެރުމަށް ޙާއްސަކޮށްފައިވާ ސަރަޙައްދުގެ (ޑޯލްފިން ބީޗް) ތަރައްޤީ ކުރުމުގެ މިކައުންސިލުން މިދަނީ ކުރަމުންކަމަށް ވަތީ ޑޮލްފިންބީޗް ސަރަޙައްދުގެ އެތެރެއާއި ބޭރުގައި މިކައުންސިލުން ހުއްދަހޯދުމަކާއި ނުލާ ހަދައިފައިވާ ހަޓްތައް 2025 އޯގަސްޓް 06 ވަނަ ދުވަހުގެ ކުރިން ނެންގެވުމަށް އެހަޓްތައް ބޭނުންކުރައްވާ ފަރާތްތަކަށް އަންގަމެވެ. އަދި މިމުއްދަތުގެ ތެރޭގައި ހަޓްތައް ނުނަންގަވައިފިނަމަ 2025 އޯގަސްޓް 07 ވަނަ ދުވަހުން ފެށިގެން މިކައުންސިލުން ހަޓްތައް ނެގުމުގެ މަސައްކަތް ކުރާނެކަމުގައި ދަންނަވަމެވެ. އަދި ހަޓްތައް ނެގުމުގެ ތެރޭގައި އެއްވެސް އެއްޗަކަށް ލިބޭ ގެއްލުމަކަށް މިކައުންސިލުން ޒިންމާ ނުވާނެކަމުގައިވެސް ދަންނަވަމެވެ. މީގެ ކުރިންވެސް ޓޫރިސްޓުން މޫދަށް އެރޭ ސަރަހައްދުގައި ހަޓްޖެހުމަކީ މަނާކަމެއްކަމަށް ވާނީ އެންގިފައެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
04 ޞަފަރު 1447