ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ އެސިސްޓަންޓު ޑިރެކްޓަރގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު

       

ވަޒީފާގެ ފުރުޞަތު

ތާރީޚް:

29 ޖުލައި 2025               

ނަންބަރު:

         (IUL)168-CA/1/2025/64

އެންޓި ޓޯޗަރ ސެކްޝަން / އިންވެސްޓިގޭޝަން ޑިޕާޓްމަންޓް

މަޤާމު:

 އެސިސްޓަންޓު ޑިރެކްޓަރ

ބޭނުންވާ ޢަދަދު:

 01 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

 ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

މުސާރައާއި ޢިނާޔަތްތައް:

 - މުސާރަ: މަހަކު -/11,550 ރުފިޔާ

 - ލިވިންގ އެލަވަންސް -/3000 ރުފިޔާ

 - ސާރވިސް އެލަވަންސް -/3500 ރުފިޔާ

 މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ރަސްމީ ގަޑި:

 ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް

ޝަރުޠު:

  1. މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން މާސްޓަރސް ޑިގްރީ (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް)  ޙާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން، ހިންގުމުގެ އިސް މަޤާމެއްގައި މަދުވެގެން 1 އަހަރު ދުވެހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ނުވަތަ 

2. މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ބެޗެލަރސް ޑިގްރީ (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ  ލެވެލް 7 ގެ ސަނަދެއް) ޙާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން، ހިންގުމުގެ އިސް މަޤާމެއްގައި މަދުވެގެން 3 އަހަރު ދުވެހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ނުވަތަ 

3. މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާ (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް)  ޙާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން، ހިންގުމުގެ އިސް މަޤާމެއްގައި މަދުވެގެން 4 އަހަރު ދުވެހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ނުވަތަ 

4. ސީނިއަރ އޮފިސަރ މަޤާމުގެ ޝަރުތުހަމަވުމާއެކު ސީނިއަރ އޮފިސަރގެ މަޤާމުގައި ހިއުމަން ރައިޓްސް ކޮމިޝަނުގައި 3 އަހަރު ދުވަހު މަސައްކަތްކޮށްފައިވުން.

 

މަޤާމުގެ މަސްއޫލިއްޔަތު:

  1. ޑިރެކްޓަރގެ ލަފާގެމަތިން ޑިޕާޓްމަންޓުގެ އެންމެހައި މަސައްކަތްތައް މޮނިޓަރކޮށް، މުވައްޒަފުންގެ މަސައްކަތްތައް ރާވާ ހިންގުމުގައި އަމަލީގޮތުން ބައިވެރިވުން.
  2. ޔުނިޓުގެ މުވައްޒަފުން ސުޕަވައިޒް ކުރުމާއި މުވައްޒަފުންނަށް ބޭނުންވާ ލަފަޔާއި އެހީތެރިކަން ފޯރުކޮށްދީ، ޔުނިޓުގެ މަސައްކަތް ވިލަރެސް ކުރުން.
  3. ޑިޕާޓްމަންޓް ބައްދަލުވުންތަކާއި، އެހެނިހެން ބައްދަލުވުންތައް ޑިރެކްޓަރގެ ލަފާގެމަތިން ރާވާ ހިންގުމާއި ޑިޕާޓްމަންޓުގެ އިދާރީ އެންމެހައި މަސައްކަތްތައް ހަރުދަނާ ކުރުމަށްޓަކައި ޑިރެކްޓަރއަށް ލަފާދިނުމާއި އެއްބަސްވެވޭ ގޮތެއްގެ މަތިން މަސައްކަތްތައް ރާވައި ހިންގުން.
  4. ޑިޕާޓްމަންޓްގައި ޑިރެކްޓަރ ނެތް ޙާލަތެއްގައި ޑިޕާޓްމަންޓު ލީޑްކޮށް ހިންގުމާއި، މަސައްކަތްތައް ކުރިއަށް ގެންދާނެގޮތާ ގުޅޭގޮތުން މުވައްޒަފުންނަށް އިރުޝާދު ދިނުން.
  5.  ކޮންމެ އަހަރެއްގެ ޑިޕާޓްމަންޓުގެ އެނުއަލް ވޯރކް ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރުމާއި ޕްލޭންގައި ހިމެނޭ ޙަރަކާތްތައް ތަންފީޒު ކުރެވެމުންދާ މިންވަރު މޮނިޓަރކުރުން.
  6. އެންޓި-ޓޯޗަރ ސެކްޝަންގެ މަސައްކަތްތައް ރާވާ ހިންގުމުގައި ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުން.
  7. ކޮމިޝަނުން ތައްޔާރުކުރާ ޤާނޫނު ނަންބަރ 2013/13 (އެންޓި ޓޯޗަރ ޤާނޫނު) އާ ގުޅުންހުރި އެކިބާވަތުގެ ރިޕޯޓުތަކަށް ގުޅުންހުރި މައުލޫމާތު ހޯދާ އެ މަޢުލޫމާތުތައް ކޮމްޕައިލްކޮށް ފުރިހަމަކުރުން.
  8. ކޮމިޝަން ބައްދަލުވުންތަކުގައި ޤާނޫނު ނަންބަރ 2013/13 (އެންޓި ޓޯޗަރ ޤާނޫނު)ގެ މައްސަލަތަކާ ގުޅިގެން ނިންމާ ނިންމުންތައް ތަންފީޛުކުރަމުންދާ މިންވަރު ދެނެގަނެ، އެކަން އަވަސްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  9. ކޮމިޝަން ބައްދަލުވުންތަކުގައި ޤާނޫނު ނަންބަރ 2013/13 (އެންޓި ޓޯޗަރ ޤާނޫނު)ގެ ދަށުން ހުށަހަޅާ މައްސަލަތަކާ ގުޅިގެން އެކިއެކި އިދާރާތަކަށް ފޮނުވަންޖެހޭ އަމުރުތަކާއި، ހުށަހެޅުންތައްފަދަ ލިޔެކިޔުންތައް އެ އިދާރާތަކަށް އެކަށީގެންވާ އަވަސްމިނެއްގައި ފޮނުވޭތޯ ބެލުމާއި، މި ލިޔެކިޔުންތަކުގެ ތެރެއިން ކޭސްތަކާ ގުޅުންހުރި ލިޔެކިޔުންތައް ވަކި މުއްދަތެއްގެ ތެރޭގައި ފޮލޯއަޕްކުރުމާއި، ސިސްޓަމިކް ރެކޮމެންޑޭޝަންސް، ގުޅުންހުރި ޑިޕާޓްމަންޓްތަކަށް ފޮނުވައި، އަޅާ ފިޔަވަޅު ހޯދުން.
  10. އެންޓި-ޓޯޗަރ ސެކްޝަނާ ގުޅޭ އެސް.އޯ.ޕީތައް އެކުލަވާލުމުގައި ލީގަލް އެންޑް ޕޮލިސީ ޑިޕާޓްމަންޓަށް އެހީތެރިކަން ފޯރުކޮށްދިނުން.
  11. ކޮމިޝަނުގެ އެކި އެކި ޑިޕާޓްމަންޓުތަކުން އެދޭ މަޢުލޫމާތުތައް އެ ޑިޕާޓްމަންޓްތަކަށް ފޯރުކޮށްދިނުން.
  12. ޤާނޫނު ނަންބަރ 2013/13 (އެންޓި ޓޯޗަރ ޤާނޫނު)ގެ ދަށުން ހުށަހަޅާ މައްސަލަތަކާ ގުޅިގެން މުވައްޒަފުންނަށް ދޭންޖެހޭ ލަފާއާއި އިރުޝާދު ދީ އަދި މައްސަލަތަކުގައި އަމަލު ކުރަންވީ ގޮތުގެ މަގު ދައްކައިދީ، ޤާނޫނާއި ގަވާއިދުތަކުގެ ތެރެއިން މައްސަލަތަކުގެ ޙައްލު ހޯދުމަށް ކުރަންޖެހޭ ކަންކަން ކުރުން.
  13. އެންޓި ޓޯޗަރ ސެކްޝަނުގެ މުވައްޒަފުން ކުރާ ޒިޔާރާތްތަކާ ގުޅިގެން ކުރިމަތިވާ ދަތިތަކުގައި މަގުދައްކައިދީ، ޒިޔާރާތްތަކުގެ މަގްސަދު ހާޞިލު ކުރުމަށް އެހީތެރިވެދިނުން.
  14. ކޮމިޝަނުގެ ހޮޓްލައިން މެނޭޖްކޮށް، ހޮޓްލައިނަށް ހުށަހެޅޭ މައްސަލަތަކާއި ކޯލް ލޮގް ކޮންމެ ދުވަހަކު އެއްފަހަރު އަޕްޑޭޓްކޮށް ބެލެހެއްޓުމާއި އަދި ހޮޓްލައިނަށް ހުށަހެޅޭ މައްސަލަތަކުގައި ދޭންޖެހޭ އިރުޝާދާއި ލަފާ ވަގުތުން ވަގުތަށް ދިނުން.
  15. އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ މަސައްކަތްތައް ހަރުދަނާކުރުމުގެ ގޮތުންނާއި ތަރައްޤީ ކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތް ޑިޕާޓްމަންޓްގެ ޑިރެކްޓަރުގެ ލަފާގެ މަތިންކުރުން.
  16. ކޮމިޝަނުން ބޭނުންވެއްޖެ ހާލަތެއްގައި ހުށަހަޅަންޖެހޭ ދިރާސާ، ރިޕޯޓް އަދި އެނޫންވެސް ލިޔުންތައް ތައްޔާރު ކުރުން.
  17. މައްސަލަތައް ބެލުމުގައި މިކަމަށް ކަޑައެޅިފައިވާ ޤަވާއިދާއި އުސޫލުތަކާއި އެއްގޮތަށް ކަންތައްތައް ކުރުން.
  18. ކޮމިޝަނުގެ ފަރާތުން ބައިވެރިވާންޖެހޭ ސެމިނާ، ވަރކްޝޮޕް އަދި ޓްރޭނިންގތަކުގައި ބައިވެރިވުމާއި، އަދި ކޮމިޝަނުން ހިންގާ އެހެނިހެން ހަރަކާތްތަކުގައި ބައިވެރިވުން.
  19. ސީނިއަރ އިންވެސްޓިގޭޝަން އޮފިސަރުންނާއި، އިންވެސްޓިގޭޝަން އޮފިސަރުންނާ ހަވާލު ކުރެވޭ މައްސަލަތައް ކުރިއަށްދާ މިންވަރު މޮނިޓަރކުރުން.
  20. މަސައްކަތާ ގުޅޭގޮތުން މީޑިޔާ ޕްރޮގްރާމްތަކުގައި ކޮމިޝަން ތަމްސީލުކޮށް މަޢުލޫމާތުދޭން ޖެހިއްޖެނަމަ އެފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވެ މަޢުލޫމާތު ދިނުން.
  21. ކޮމިޝަނުން ބޭނުންވެއްޖެ ޙާލަތެއްގައި ކޮމިޝަނުން ރާވާ ދަތުރުތަކުގައި ބައިވެރިވުން.
  22. އަދި މިނޫންވެސް ކޮމިޝަނުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން.
  23. އިންވެސްޓިގޭޝަން ޑިޕާޓްމަންޓާ އަލަށް ގުޅޭ އިންވެސްޓިގޭޝަން އޮފިސަރުން މެންޓަރކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމާއެކު ހުށައަޅާ ޑޮކިއުމަންޓުތަކުގެ ލިސްޓު ކޮންމެ މަޤާމަކަށްވެސް ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ.)
  2. މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ. (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށް ކޮށްފައިވާ ކޮޕީއެކެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިނުވާ (ލެވެލް ކޮށްފައިނުވާ) ލިޔުންތައް މަޤާމުގެ ޝަރުތު ހަމަކުރުމުގައާއި އިވެލުއޭޝަނުގައި ނުގުނޭނެއެވެ.)  
  3. ސެޓްފިކެޓް ލިބިފައި ނުވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރު އަދި އީމެއިލް އެޑްރެސް ހިމަނާފައި)
  5. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  6. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން. (އިޢުލާނުގެ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ އެއްވެސް ލިޔުމެއް، ވަޒީފާ އަދާކޮށްފައިވާ މުއްދަތު އެނގެން ނެތް  އެއްވެސް ލިޔުމެއް މަޤާމުގެ ޝަރުތު ހަމަކުރުމުގައާއި އިވެލުއޭޝަނުގައި ނުގުނޭނެއެވެ.)  

ސުންގަޑި:

2025 އޮގަސްޓް 06 ދުވަހުގެ މެންދުރު 12:00 ގެ ކުރިން                     

އެހެނިހެން:

  1. މި މަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ. 3 މަސް ހަމަވުމަށްފަހު އިތުރަށް ވަޒީފާގައި ބެހެއްޓުމާމެދު ގޮތެއް ނިންމާނީ ޕްރޮބޭޝަން މުއްދަތުގެ  މަސައްކަތު ފެންވަރަށް ބަލައި ކޮމިޝަނުންނެވެ.
  2. މި މަޤާމުގެ އިންޓަވިއުއަށް ދެންނެވޭނީ ގިނަވެގެން 10 ކެނޑިޑޭޓުންނަށެވެ. މިމަޤާމަށް 10 ފަރާތަށް ވުރެން އިތުރަށް ކުރިމަތިލައްވައިފިނަމަ ޝޯޓް ލިސްޓް ކުރުމަށް ފުރަތަމަ ދެވޭނީ ތިއަރީ ޓެސްޓެކެވެ. އިންޓަވިއުއަށް ދެންނެވޭނީ ތިއަރީ ޓެސްޓްގެ ނަތީޖާއާއި ތަޢުލީމީ ފެންވަރަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ 10 ފަރާތަށެވެ.
  3. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ދޭ ތިޔަރީ ޓެސްޓް އޮންނާނީ ކޮމިޝަނުގެ މައި އިދާރާ (މ. ޗަނބޭލީވިލާ (ސްޓާރ ކްލައުޑްސް ބިލްޑިންގ، 12 ވަނަ ފަންގިފިލާ) ގައެވެ.
  4. ތިޔަރީ ޓެސްޓަށް ނުވަތަ އިންޓަވިއުއަށް ވަޑައިގަތުމަށް ކޮމިޝަނުން އަންގާ ދުވަހަށް އެއްވެސް ސަބަބަކާހުރެ ކެނޑިޑޭޓަކަށް ހާޒިރު ނުވެވިއްޖެނަމަ، ފަހުން ޓެސްޓް ނުވަތަ އިންޓަވިއު ނުދެވޭނެ އެވެ.
  5. ކޮމިޝަނުގެ ވަޒީފާތަކަށް ކުރިމަތިލެވޭނީ މީލާދީ ގޮތުން އުމުރުން 18 (އަށާރަ) އަހަރު ފުރި 55 (ފަންސާސް ފަހެއް) އަހަރު ނުފުރޭ ދިވެހިންނަށެވެ.
  6. ކޮމިޝަނުގެ ވަޒީފާއަކަށް ކޮމިޝަނުގެ މެންބަރެއްގެ ނުވަތަ ކޮމިޝަނުގެ މުވައްޒަފެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
  7. މި މަޤާމަށް ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
  8. އެޕްލިކޭޝަން ފޯމު ކޮމިޝަނުގެ ވެބްސައިޓް އަދި ކައުންޓަރުން ލިބެން ހުންނާނެއެވެ. (https://hrcm.org.mv/dv/downloads/job-application-form)   
  9. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3003116 ނުވަތަ 3003114 އަށެވެ.  
  10. އެޕްލިކޭޝަން ފޯމު އީމެއިލް ކުރައްވާނަމަ އީމެއިލް ކުރައްވާނީ [email protected] އަށެވެ.

ނޯޓް:  މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދި ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf)  ފޯމެޓްގައި އެކަނި ކަމުގައި ދެންނެވީމެވެ.އަދި މިގޮތަށް އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދި ފޮނުވާ ޕީ.ޑީ.އެފް (pdf)  ފައިލުގައި އެޕްލިކޭޝަން ފޯމް ހުށައަޅާ ފަރާތުގެ ނަމާއި އިޢުލާން ނަންބަރު ޖެހުމަށް ދަންނަވަމެވެ.

29 ޖުލައި 2025
ހޯދާ